ކުޅިވަރު

ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ފަލަސްތީނުގެ ޓީމަށް ހަމަޖައްސައިދީފި

ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ފަލަސްތީނުގެ ޓީމަށް ހަމަޖައްސައިދީފި

ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ފަލަސްތީނުގެ ޓީމަށް ހަމަޖައްސައިދިނުމުގެ ކުރިން ބޭއްވި ބައްދަލުކުރެއްވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ސެޕްޓެމްބަރު 2025، 10:35

02 ސެޕްޓެމްބަރު 2025، 10:35

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހަމަޖައްސަވައިދެއްވައިފިއެވެ.

މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަޙުމަދު ޠާރިޤު އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤާއި އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޒަރީރް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޓީމު ރާއްޖޭގައި ކޭމްޕް ކުރަނީ، މިއަންނަ އަހަރު ސައުދީ ޢަރަބިއްޔާގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވުމަށެވެ. އެހެންކަމުން އެ ޓީމު ރާއްޖޭގައި ކޭމްޕް ކުރާނީ ނޮވެމްބަރު މަހުގެ 8އިން 19އަށެވެ.

އެ މުބާރާތުގައި ފަލަސްތީނު ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އިރާން، އިންޑިއާ، ޗައިނީސް ޓައިޕޭ އަދި ލުބުނާނެވެ. އަދި ކޮލިފައިން ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 22އިން 28އަށެވެ.

މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ނިންމެވި މުހިންމު ނިންމުމެއް ކަމަށް ކުޅިވަރު ވުޒާރާއިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން