ދުނިޔެ

ފަތިހުން ފެށިގެން ޣައްޒާގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 80 މީހުން ޝަހީދުވެއްޖެ

ފަތިހުން ފެށިގެން ޣައްޒާގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 80 މީހުން ޝަހީދުވެއްޖެ

ޝަހީދެއްގެ އާއިލާއިން ހިތާމަފާޅުކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2025، 10:38

02 ސެޕްޓެމްބަރު 2025، 10:38

ފަތިހުން ފެށިގެން ޣައްޒާގެ ސަރަޙައްދުތަކަށް އިސްރާއިލުން ދިން ހަމަލާތަކުގައި 80 މީހުން ޝަހިދުވެއްޖެއެެވެ. މީގެ ތެރެއިން 43 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން މަޢުލޫމާތު ދޭ ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި އެހީ ހޯދަން އުޅުނު 20 މީހުން ހިމެނެއެވެ. މީގެ ތެރެއިން 9 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ވާދީ ބްރިޖް ކައިރީގައި، ނަތުސަރިމް މަގުގެ މެދުތެރޭގައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 76 ފަލަސްތީނުން ޝަހީދުވެ، 281 މީހުން ޒަހަމްވެފައިވެއެވެ. މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 63,633 އަށް އަރާފައިވާއިރު، 160,914 މީހުން ޒަހަމްވެފައިވެއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރި ގޮތުގައި އިސްރާއީލު ހަނގުރާމަވެރިން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާގެ އިމާރާތްތަކެއް ވައްޓާލާފައެވެ. އަދި ޝިފާ މެޑިކަލް ކޮމްޕްލެކްސްއިން ބުނާ ގޮތުގައި ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ތަލް އަލް-ހަވާ ސަރަޙައްދުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް 9 މީހުން ޝަހީދުވެފައިވެއެވެ.

އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 203,000 އަށް ވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ އަދި ޒަހަމްވެފައިވާއިރު، މީގެ ގިނަ އަދަދެއް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 9,000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ލައްކައަކަށް ވުރެ ގިނަ މީހުން ހިޖުރަކޮށް، ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން