ކުޅިވަރު

ޓެނިހުން ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިއްޖެ

ޓެނިހުން ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިއްޖެ

މިދިޔަ ޖޫން މަހު ޖޯޑަންގައި އޮތް މުބާރާތަށް ދިއުމަށްފަހު ކުޅުންތރެިން ފަރިތަ ކުރަނީ، ފޮޓޯ: ޓެނިސް އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ސެޕްޓެމްބަރު 2025، 10:52

03 ސެޕްޓެމްބަރު 2025، 10:52

ޓެނިހުން ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް  ހިމެނިއްޖެ ކަމަށް ޤައުމީ ޖޫނިއާރ ޓެނިސް ޓީމުގެ ކޯޗު، ޢަލީ ރިޒާ ބުނެފިއެވެ. 

އެގޮތުން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ރޭންކިންގައި، އައިޓީއެފް ޖޭ30 މުބާރާތުގެ ފުރަތަމަ ހަފްތާގައިވެސް ރާއްޖޭގެ 6 ކުޅުންތެރިއަކު ހިމެނުނުކަމަށް ކޯޗު ފާހަގަކޮށްފައިވެއެވެ.

ކޯޗު ރިޒާ ބުނީ، މިއީ ނިމިގެންދިޔަ އައިޓީއެފް ޖޭ 30 ޓެނިސް މުބާރާތުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރާއްޖެއަށް މި ކުޅިވަރުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

މި ކުރިއެރުމުގެ ސަބަބުން ބައިނަލްއަޤްވާމި މުބާރާތްތަކުގައި ރޭންކުކޮށްފައިވާ ކުޅުންތެރިންނަށް މެއިން ޑްރޯއަށް ކޮލިފައިވުމަށް ފަސޭހަވެގެން ދާނެއެވެ. 

އަދި ކުރިޔަށްއޮތްތާންގައި އައިޓީއެފްގެ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަކީ މުހިންމުކަމެއްކަމަށް ފާހަގަކުރައްވައި ކޯޗު ވަނީ ބުނެފައެވެ.  އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުން ވީހާވެސް ގިނަ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބި އައިޓީއެފް ޕޮއިންޓްސް ހޯދުމަށް އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ކޯޗު ބުންޏެވެ.

އައިޓީއެފް ޖޭ30 ގައި ރާއްޖޭގެ ނަބާ ނިޝާން ވަނީ ސިންގަލްސްގެ ސެމީ ފައިނަލުގައި ކުޅެފައެވެ. އަދި ނޫހު އާއި ދާއޫދު ވަނީ ޑަބަލްސްގެ ސެމީ ފައިނަލްގައި ކުޅެފައެވެ. އަދި ރާއްޖޭގެ އާރާ އާސަލް އާޒިމް ވަނީ ދެ ހަފްތާގައިވެސް ޑަބަލްސްގެ ފައިނަލްގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

އައިޓީއެފް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާ އާރާ ވަނީ ތާރީހީ ކާމީޔާބީއެއް މި މުބާރާތުން ރާއްޖެއަށް ހޯދައިދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން