ދުނިޔެ

ސްކޫލް ކުދިންނަށް ދޫކުރި "ފްރީ މީލް" ތަކެއް ކައިގެން 400 ކުދިން ކާނާ ވިހަވެއްޖެ

ސްކޫލް ކުދިންނަށް ދޫކުރި "ފްރީ މީލް" ތަކެއް ކައިގެން 400 ކުދިން ކާނާ ވިހަވެއްޖެ

އިންޑޮނެޝިއާގެ ފްރީ މީލް ބަހާ ސްކޫލެއްގައި ކުދިން ކާން ތިބި މަންޒަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 11:22

03 ސެޕްޓެމްބަރު 2025، 11:22

އިންޑޮނޭޝިއާގައި ސްކޫލް ކުދިންނަށް ދޫކުރި "ފްރީ މީލް" ތަކެއް ކައިގެން 400 ސްކޫލް ކުދިން ކާނާ ވިހަވެއްޖެއެވެ. 

އިންޑޮނޭޝިއާގެ ބެންގްކުލު ޕްރޮވިންސްގައި "ފްރީ މީލް" ކެއުމުން 400 އެއްހާ ދަރިވަރުން ކާނާ ވިހަވުމުގެ މައްސަލައެއްގެ ތަހުޤީޤެއް ފަށައިފިއެވެ. މިއީ ރައީސް ޕްރަބޯވޯ ސުބިއާންޓޯގެ މައިގަނޑު ޕްރޮގްރާމެއް ކަމުގައިވާ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ކާބޯތަކެތީގެ ޕްރޮގްރާމާ ގުޅިގެން މިހާތަނަށް ދިމާވި އެންމެ ބޮޑު ކާނާ ވިހަވުމުގެ މައްސަލައެވެ.

ބެންގްކުލު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު މިއަން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުޤީޤު ކުރިއަށްދާތީ، ކާބޯތަކެތި ތައްޔާރުކުރާ ބަދިގެ ވަގުތީގޮތުން ބަންދުކުރެވޭނެއެވެ. މި މައްސަލައަކީ ނޭޝަނަލް ނިއުޓްރިޝަން އެޖެންސީ (ބީޖީއެން) އާއި ކަމާބެހޭ އިދާރާތަކުން ބަލަމުންދާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޭޝަނަލް ނިއުޓްރިޝަން އެޖެންސީގެ ވެރިޔާ ދަދަން ހިންދަޔާނާ ރޮއިޓަރޒް ނިއުސް އެޖެންސީއަށް ވިދާޅުވެފައިވަނީ މި ހާދިސާ ހިނގި ބަދިގެއަކީ އަލަށް މަސައްކަތް ފަށާފައިވާ ތަނެކެވެ. އަދި ކާބޯތަކެތީގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ޚިދުމަތްތައް އިތުރަށް ވަޒަންކުރުމަށް މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޕްރަބޯވޯ މި އަހަރުގެ ޖަނަވަރީ މަހު ފެށި މި ޕްރޮގްރާމް މިހާރު ވަނީ 20 މިލިއަނަށްވުރެ ގިނަ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ. އަދި މި އަހަރުގެ ނިޔަލަށް 83 މިލިއަން މީހުންނަށް މި ޕްރޮގްރާމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމަށް މި އަހަރު 171 ޓްރިލިއަން ރުޕިޔާ (10.52 ބިލިއަން ޑޮލަރު) ވަނީ ބަޖެޓް ކުރެވިފައެވެ.

މީގެ ކުރިން ވެސް މި ޕްރޮގްރާމާ ގުޅިގެން ސެންޓްރަލް ޖާވާގައި 365 މީހުން ކާނާ ވިހަވުމުގެ ހާދިސާއެއް ހިނގާފައިވެއެވެ. ލޯކަލް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އެ ހާދިސާ ދިމާވީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ. އެންމެ ފަހުން ބެންގްކުލުގައި ހިނގި މި ހާދިސާގައި 4 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ކާނާ ވިހަވެ ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން