Ads by Stelco

ޚަބަރު

ކ. ތިލަފުށި ބަނދަރު މަރާމާތު ކުރުމުގެ %91 މަސައްކަތް ނިންމާލައިފި

ކ. ތިލަފުށި ބަނދަރު މަރާމާތު ކުރުމުގެ %91 މަސައްކަތް ނިންމާލައިފި

ތިލަފުށި ބަނދަރު މަސައްކަތް/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ސެޕްޓެމްބަރު 2025، 01:52

03 ސެޕްޓެމްބަރު 2025، 01:52

ކ. ތިލަފުށި ބަނދަރު މަރާމާތު ކުރުމުގެ %91 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ނިންމާލައިފިއެވެ.

އެމްޓީސީސީ އިން މަޢުލޫމާތުދޭ ގޮތުގައި، ތިލަފުށީ ބަނދަރު މަސައްކަތުގެ 91 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި ބަނދަރުގައި މިހާރު ކުރިއަށް ދަނީ ކޮންކްރީޓް އާއި ޕޭމަންޓްގެ މަސައްކަތްތައް ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ. ތިލަފުށީގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ 20 ހެކްޓަރުގެ ބިމެއް ހަމަޖެއްސުމަށްފަހު ކޮންސެޕްޓް ޑިޒައިން އެކުލަވާލައިގެންނެވެ.

ތިލަފުށީގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ނިމުމަށް ގާތްވެފައިވާއިރު، މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގައި ތިލަފުށީގައި ޓްރާންޝިޕްމަންޓް ބަނދަރެއް އެޅުމަށް މި ސަރުކާރުން ވަނީ ނިންމަވާފައެވެ. ހަމަ އެހެންމެ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމާއެކު، މާލޭގައި ހުންނަ ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާކަން މީގެ ކުރިން އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ.

މިދިޔަ ސަރުކާރުން ގުޅީފަޅުގައި އަޅަން ނިންމި މި ބަނދަރު، ތިލަފުއްޓަށް ބަދަލުކުރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން