ދުނިޔެ

ނޫސްވެރިންތަކެއް މަރާލި މައްސަލައަކާ ގުޅިގެން ސީރިއާގެ ކުރީގެ ރައީސް ބައްޝާރު ހައްޔަރުކުރަން ފްރާންސްގެ ކޯޓަކުން އަމުރުނެރެފި

ނޫސްވެރިންތަކެއް މަރާލި މައްސަލައަކާ ގުޅިގެން ސީރިއާގެ ކުރީގެ ރައީސް ބައްޝާރު ހައްޔަރުކުރަން ފްރާންސްގެ ކޯޓަކުން އަމުރުނެރެފި

ބައްޝާރުލް އަސަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 03:03

03 ސެޕްޓެމްބަރު 2025، 03:03

ސީރިއާގެ ހޯމްސް ސިޓީގައި ހުރި ނޫސްވެރިންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި ނޫސްވެރިންތަކެއް  މަރާލުމާ ގުޅިގެން، އެ ޤައުމުގެ ކުރީގެ ރައީސް ބަޝާރު އަލް-އަސަދު އާއި އިތުރު 6 އިސް އޮފިޝަލުންގެ މައްޗަށް ފްރާންސްގެ ކޯޓަކުން އެރެސްޓް ވޯރަންޓް ނެރެފިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ހޯމްސްގައި ހުރި "އިންފޯމަލް ޕްރެސް ސެންޓަރު" އަކަށް ދިން ރޮކެޓް ހަމަލާއެއްގައި އެމެރިކާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ މެރީ ކޮލްވިން އާއި ފްރާންސްގެ ފޮޓޯގްރާފަރު ރެމީ އޮޗްލިކް މަރުވެފައިވެއެވެ. އަދި މި ހަމަލާގައި އިތުރު ދެ ނޫސްވެރިންނާއި ތަރުޖަމާނަކަށް އަނިޔާވިއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަޝިއާއަށް ގޮސް ފިލައިފައިވާ އަސަދުގެ އިތުރުން، އޭނާގެ އަޚް މާހިރު އަލް-އަސަދު (އެ ދުވަސްވަރު ސީރިއާގެ 4 ވަނަ އާމްޑް ޑިވިޜަންގެ ވެރިޔާ)، އިންޓެލިޖެންސް ވެރިޔާ އަލީ މަމްލޫކް، އަދި އޭރުގެ އާމީ ޗީފް އޮފް ސްޓާފް އަލީ އައޫބްގެ މައްޗަށްވެސް އެރެސްޓް ވޯރަންޓް ނެރެފައިވެއެވެ.

ސީރިއަން ސެންޓަރު ފޯ މީޑިއާ އެންޑް ފްރީ އެކްސްޕްރެޝަންގެ ޑިރެކްޓަރު މާޒެން ދަރުވިޝް ވިދާޅުވި ގޮތުގައި، ބާބް އަމްރުގައި ހުރި ނޫސްވެރިންގެ މަރުކަޒަށް ދިން ހަމަލާއަކީ، ބޭރުގެ ނޫސްވެރިން އަމާޒުކޮށް، އެމީހުން އެ ސަރަހައްދުން ފިލުވާލުމަށް ސީރިއާ ސަރުކާރުން ރާވައިގެން ދިން ހަމަލާއެކެވެ.

ހޯމްސްއަކީ ސީރިއާގެ ހަނގުރާމައިގައި އިދިކޮޅު ފަރާތްތަކުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އަދި 2011 އިން 2014 އަށް އަސަދުގެ ސަރުކާރުން މި ސަރަހައްދު ބަންދު ކުރިއެވެ. މި ބަންދު ނިމުމަކަށް އައީ އިދިކޮޅު ފަރާތްތައް އެ ސިޓީން ފައިބައިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން