ދުނިޔެ

އަފްޣާނިސްތާނު ބިންހެލުން: އިންޑިއާއިން 21 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީފި

އަފްޣާނިސްތާނު ބިންހެލުން: އިންޑިއާއިން 21 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީފި

އިންޑިއާއިން 21 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދިނުން/ފޮޓޯ: ސުބްރަމާނިއަމް ޖައިޝަންކަރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ސެޕްޓެމްބަރު 2025، 06:19

03 ސެޕްޓެމްބަރު 2025، 06:19

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އިންޑިއާއިން 21 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ، އެޤައުމުން އަފްޣާނިސްތާނަށް ވައިގެ މަގުން ފޮނުވި އެހީ ކާބުލްއާ ހަމައަށް ފޯރާފައިވާ ކަމަށެވެ.

ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ، އިންޑިއާއިން އަފްޣާނިސްތާނަށް ފޮނުވި 21 ޓަނުގެ އެހީގެ ތެރޭގައި މިވަގުތު އެޤައުމުގެ ރައްޔިތުންނަށް ބޭނުންވާނެ ގިނަ އަސާސީ ތަކެތި ހުންނާނެ ކަމަށެވެ. އެގޮތުން، ބްލޭންކެޓް، ޓެންޓު، ހައިޖީން ކިޓް، ފެން ރައްކާ ކުރާ ޓޭންކް، ޖަނަރޭޓަރު، ތަށި، ޕޯޓަބަލް ވޯޓާ ޕިއުރިފަޔަ، ސްލީޕިން ބޭސް، ޒަރޫރީ ބޭސް، ވީލްޗެއާ، ހޭންޑް ސެނިޓައިޒާ، ފެން ސާފުކުރާ ޓެބްލެޓް، އޯއާރުއެސް ސޮލިއުޝަންސް، އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެތި ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބިންހެލުމުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުނާރް ޕްރޮވިންސަށެވެ. އެގޮތުން އެތަނުން 1،400 އަށް ވުރެ ގިނަ މީހުން މަރުވެ، 3،124 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމަ އެހެންމެ، އެ ސަރަޙައްދުގެ ޖުމްލަ 5،400 އަށް ވުރެ ގިނަ ގެތައް ހަލާކުވެ ބިމާ ހަމަވެފައިވާކަމަށް ޠާލިބާން ސަރުކާރުގެ ތަރުޖަމާން، ޒަބީހުﷲ މުޖާހިދު ވަނީ ހާމަކުރައްވާފައެވެ. 

މިދިޔަ އަންގާރަ ދުވަހު އައި މި ބިންހެލުމުގެ ސަބަބުން، އަފްޣާނިސްތާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި، މި ބިންހެލުމުގެ ބާރުމިނަކީ 6.0 މެގްނިޓިއުޑެވެ. ނަންގަރްހާރްގެ ޖަލާލާބާދު ކައިރިން މޫދުގެ އަޑިން 8 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމަކީ، އެހާ ތިލައިންއައި ބިންހެލުމަކަށް ވުމުން ގެއްލުންތައް ބޮޑުވެފައިވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ފުރަތަމަ ބިންހެލުމަށްފަހު، ކައިރިކައިރީގައި އިތުރު 5 ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އިތުރަށް ވިދާޅުވީ، އެޤައުމުން އަފްޣާނިސްތާނުގެ ހާލަތު ގާތުން ބަލަމުން ގެންދާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އިންސާނީ އެހީ ފޮނުވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން