Ads by Stelco

ޚަބަރު

ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ލިބޭނެ: އިމިގްރޭޝަން

ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ލިބޭނެ: އިމިގްރޭޝަން

ޕާސްޕޯޓު ދޫކުރުން/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ސެޕްޓެމްބަރު 2025، 07:19

03 ސެޕްޓެމްބަރު 2025، 07:19

ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މާދަމާއަކީ ކީރިތި ރަސޫލާގެ އީދު މީލާދެވެ. އެހެންކަމުން، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ފާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު 24 ގަޑިއިރު އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމާއި، 65 އަހަރުން މަތީގެ ފަރާތްތަކަށާއި، އެމަޖެންސީ ހާލަތްތަކުގައި ވެސް ހެނދުނު 08:30 އިން 14:00އަށް ޚިދުމަތް ދެމުންގެންދާނެކަމަށެވެ. 

މީގެ އިތުރުން އެ އިދާރާއިން ވިދާޅުވީ، އޮފީހަށް ހާޒިރުވެ ޚިދުމަތަށް އެދެވޭނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އެކަނި ކަމަށެވެ. އަދި މެޑިކަލް އެމަޖެންސީ ހާލަތްތަކުގަ 9555333 ފޯނު ނަންބަރަށް ގުޅައިގެންވެސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ލިބޭނެކަމަށް އިމިްގރޭޝަނުން ވިދާޅުވިއެވެ.

ނަމަވެސް، އޮފީހަށް ހާޒިރުވެގެން ޚިދުމަތް ހޯދޭނީ މާލެ ސަރަޙައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުން އެކަނިކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. އަދި މާލެ ސަރަޙައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން