Ads by Stelco

ޚަބަރު

ގޭންގުތަކުން ހިންގާ ކުށްތަށް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ނޮޅިވަރަމް ވިޔަފާރިވެރިންނަށް މަޢުލޫމާތުދީފި

ގޭންގުތަކުން ހިންގާ ކުށްތަށް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ނޮޅިވަރަމް ވިޔަފާރިވެރިންނަށް މަޢުލޫމާތުދީފި

މި ޕްރޮގްރާމްގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ސެޕްޓެމްބަރު 2025، 08:01

03 ސެޕްޓެމްބަރު 2025، 08:01

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ހދ. ނޮޅިވަރަމްގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ހިންގައިފިއެވެ.

މި މަހުގެ 1 ވަނަ ދުވަހު ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ރަށުގެ ހުރިހާ ފިހާރައަކަށް ވަނީ ޒިޔާރަކޮށްފައެވެ.

އެގޮތުން، ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ގޭންގުތަކުން ހިންގާ ކުށްތަކަކީ ކޮބައިކަމާ، އަދި އެފަދަ ކުށްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބައިވެރިކުރުވުމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުދިންނަށް ވިއްކުން މަނާ ތަކެއްޗާ ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި ޚާއްޞަކޮށް ކުށްތަކަށް ހުށަހެޅޭ ފަދަ އެއްވެސް އާލާތެއް ގަންނަން، ތުހުމަތުކުރެވޭ ފަދަ ބަޔަކު ނުވަތަ މީހަކު ނުވަތަ ކުޑަކުއްޖަކު އުޅޭނަމަ އަމަލުކުރަންވީ ގޮތާއި ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ވިޔަފާރިކުރުމަށާއި ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށް ފުލުހުން ވަނީ އިރުޝާދުދެއްވާފައެވެ. ހަމަ އެހެންމެ، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރާއިރު އާއި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، ފިހާރައިގެ ރައްކާތެރިކަމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާއި، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ފިހާރަތަކުގެ ވެރިންނަށް ވަނީ ކިިޔަދީފައިއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ރައްޔިތުން އަހުލުވެރިކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ގެންދަނީ އެކި ހަރަކާތްތަކެއް ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން