ވިޔަފާރި / ޚަބަރު

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ބަދުރުއްދީން އައްޔަންކޮށްފި

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ބަދުރުއްދީން އައްޔަންކޮށްފި

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ބަދުރުއްދީން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ސެޕްޓެމްބަރު 2025، 10:00

03 ސެޕްޓެމްބަރު 2025، 10:00

އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ބަދުރުއްދީން ޙަސަން އައްޔަންކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަޤާމުގައި ހުންނެވި ބަދުރުއްދީން މި މަޤާމަށް އައްޔަން ކުރެވުނުއިރު، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ބަދުރުއްދީންއަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްއިން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ބޭންކިން ދާއިރާއިން 13 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ. 

މިހާރު އެސްޑީއެފްސީގެ ޗެއާރމަނަކީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. އަދި ބޯޑުގެ ޑިރެކްޓަރަކަށް ފާތިމަތު ފަރީހަތު ވަހީދު ވަނީ އައްޔަންކޮށްފައެވެ.



ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސް.ޑީ.އެފް.ސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކުން އަންނަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމުގެ މަޤްޞަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުންކަމަށެވެ. އަދި މި ނިންމެވުމުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން