ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅޭ މެޗަކީ އާޖެންޓީނާގައި މެސީ ކުޅޭ ފަހު މެޗު ކަމުގައި ވެދާނެ

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅޭ މެޗަކީ އާޖެންޓީނާގައި މެސީ ކުޅޭ ފަހު މެޗު ކަމުގައި ވެދާނެ

ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު މެސީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ސެޕްޓެމްބަރު 2025، 08:53

04 ސެޕްޓެމްބަރު 2025، 08:53

މި އަންނަ އަހަރު އޮންނަ، ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގައި މިރޭ ކުޅޭ މެޗަކީ، އާރޖެންޓީނާގެ ޖާރޒީގައި ލިއޮނެލް މެސީ އެ ޤައުމުގައި ކުޅޭ އެންމެ ފަހު ވާދަވެރި މެޗު ކަމުގައި ވެދާނެކަމަށް އޭނާ ބުނެފިއެވެ. 

ވޯލްޑް ކަޕް ކޮލިފައިންގައި އާރޖެންޓީނާއަށް އަދި ބާކީ ދެ މެޗު އެބައޮތެވެ. ނަމަވެސް އާރޖެންޓީނާގެ ކެޕްޓަންގެ ގޮތުގައި، ބޮއެނެސް އައިރެސްގައި ހުންނަ މޮނިއުމެންޓަލް ސްޓޭޑިއަމަށް އުމުރުން 38 އަހަރުގެ މެސީ މިރޭ ނިކުން މެޗަކީ އެ ޤައުމުގައި ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިންގެ އެންމެ ފަހު މެޗެވެ. ކޮލިފައިންގައި އެ ޤައުމުން ދެން ކުޅޭ މެޗު އޮންނާނީ މި މަހުގެ 10ވަނަ ދުވަހު އިކުއެޑޯގައެވެ. 

ވޯލްޑް ކަޕް އެންމެ ފަހުން ކާމިޔާބުކުރި އާރޖެންޓީނާ މިރޭ ނިކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. މި މެޗަކީ އޭނާއަށް ވަރަށް މުހިންމު މެޗެއްކަމަށް މެސީ ވަނީ ބުނެފައެވެ. އެހެންކަމުން، މި މެޗު ބެލުމަށް މެސީގެ އާއިލާގެ އިތުރުން، އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެން މީހުން ވެސް ހާޒިރުވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މެޗު ވެގެންދާނީ އަހަރެންނަށް ވަރަށް ޚާއްޞަ މެޗަކަށް. ސަބަބަކީ މިއީ އަހަރެން ކުޅޭނެ އެންމެ ފަހު ކޮލިފައިން މެޗު ކަމުގައި ވުން. މި މެޗަށް ފަހު އެކުވެރިކަމުގެ އިތުރު މެޗެއް ނުވަތަ އެހެން މެޗެއް ވިޔަސް ކުޅޭނެ ކަމެއް އަދި ބުނާކަށް ނޭންގޭ. 

8 ފަހަރު ބެލަން ޑިއޯ ހާސިލްކުރި މެސީ ބުންޏެވެ.

މިކަމާ ގުޅިގެން އާރޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ބުނީ، މި މެޗު ވެގެން ދާނީ ގިނަ ޖަޒުބާތުތަކެއް ގެނުވާނެ މެޗަކަށެވެ. އަދި މިއީ މެސީގެ ފަހު ކޮލިފައިން މެޗު ކަމުގައި ވާނަމަ، އެންމެން ވެސް މިކަމުގައި ބައިވެރިވާނެ ކަމަށެވެ.

މި މެޗަށް ނިކުންނައިރު، 35 ޕޮއިންޓާއެކު އާރޖެންޓީނާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. އާރޖެންޓީނާއާއެކު މި ގްރޫޕުން އިކުއެޑޯ އަދި ބްރެޒިލް ވެސް ވަނީ 25 ޕޮއިންޓާއެކު ވޯލްޑް ކަޕްގެ ޖާގައެއް ޔަޤީންކޮށްފައެވެ. މި ސަރަޙައްދުން އޮޓޮމެޓިކް 3 ޖާގަ އަދި އޮތްއިރު، މި ޖާގަތަކުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އެ ޖާގަތަކަށް ވާދަކުރަނީ އުރުގުއޭ، ޕެރަގުއޭ އަދި ކޮލަމްބިއާއެވެ.

އާރޖެންޓީނާ އާއި ވެނެޒުއޭލާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން ހުކުރު ދުވަހުގެ ފަތިހު 4:30ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން