Ads by Stelco

ޚަބަރު

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ޚާއްސަ ހަރަކާތެއް ފަށަނީ

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ޚާއްސަ ހަރަކާތެއް ފަށަނީ

ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2025، 10:44

04 ސެޕްޓެމްބަރު 2025، 10:44

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ހަ މަސް ދުވަހުގެ މުއްދަތަށް ޚާއްސަ ހަރަކާތެއް ފަށަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެފައިވަނީ، އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ.  އަދި މި މައުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އެބަތިބިކަން ފާހަގަކުރެވިފައިވެއެވެ.

ޢަބްދުލްމަޖީދު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި އެއްކޮށްފައިވާ މައުލޫމާތުގެ އަލީގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ ފަރާތްތަކެއް މިހާރުވެސް އުޅޭކަން ފާހަގަކުރެވިފައިވެއެވެ. 

ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު ވިދާޅުވި ގޮތުގައި، ވަޒީފާދޭ ފަރާތުގެ އިހުމާލުވުން ފަދަ އެކި ސަބަބުތަކާ ހެދި ޤަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ބިދޭސީންނަށް އަމާޒުކޮށް މި ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގެ ދަށުން ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތްކުރާ ތަންތަން ބަލައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން