ދުނިޔެ

ލޯންޗުކުރިތާ ހިނދުކޮޅެއް ފަހުން 1 މިލިޔަން ޑޮލަރުގެ ޔޮޓެއް އަޑިއަށް ގޮސްފި!

ލޯންޗުކުރިތާ ހިނދުކޮޅެއް ފަހުން 1 މިލިޔަން ޑޮލަރުގެ ޔޮޓެއް އަޑިއަށް ގޮސްފި!

ލޯންޗުކުރިތާ ހިނދުކޮޅެއް ފަހުން 1 މިލިޔަން ޑޮލަރުގެ ޔޮޓެއް އަޑިއަށް ދިޔައުން

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2025، 01:46

04 ސެޕްޓެމްބަރު 2025، 01:46

ގާތްގަނޑަކަށް 1 މިލިޔަން ޑޮލަރުގެ އަގެއް ހުރި "ޑޮލްސޭ ވެންޓޯ" ނަމަކަށް ކިޔާ ލަގްޒަރީ ޔޮޓެއް މިދިޔަ އަންގާރަ ދުވަހު ތުރުކީވިލާތުގައި އަޑިޔަށް ގޮސްފިއެވެ. ޔޮޓު އަޑިޔަށް ގޮސްފައިވަނީ ޔޮޓު ލޯންޗުކުރުމުގެ ގާތްގަނޑަކަށް 15 މިނެޓު ފަހުން ކަމުގައި މަޢުލޫމާތު ލިބެއެވެ. މިޔޮޓު އަޑިއަށް ގޮސްފައިވަނީ ތުރުކީގެ އުތުރުގައި އޮންނަ އެރެގްލީ ސަރަޙައްދުގައއެވެ. ޔޮޓު އަޑިއަށް ދިޔުމަށް ފަހު، ޔޮޓުގެ ވެރިފަރާތުން މޫދަށް ފުންމާލައި، ފަތާފައި އަންނަ ތަން ފެންނަ ވީޑިޔޯއެއް އިންޓަރނެޓުގައި ވަނީ ވައިރަލް ވެފައެވެ. މަޝްހޫރު ޓައިޓޭނިކް ގެ ރާގުގަނޑު މިވީޑިޔޯއަށް ހުރީ އަޅާފައެވެ.

"ޑޮލްސޭ ވެންޓޯ" ޔޮޓު ބަނދެ ނިންމާފައި ވަނީ "މެޑް ޔިލްމަޒް" ޝިޕްޔަރޑް ގައެވެ. ޔޮޓު އަޑިއަށް ދާން ފެށުމުން، ފަސިންޖަރުންނާއި ކުރޫ މެންބަރުން ހާސްވެ، ޔޮޓުން ފުންމާލަން މަޖުބޫރުވިއެވެ. އެމީހުން ފުންމާލުމުން، ޔޮޓުގެ ވެރިފަރާތާއި ކައްޕިވެސް އެމީހުންނާ ބައިވެރިވެ ފުންމާލިއެވެ.

ނިއު ޔޯކް ޕޯސްޓް އިން ހާމަކޮށްފައިވާ ގޮތުގައި، އަޑިއަށް ދިޔަ ޔޮޓުގެ ދިގުމިނުގައި 85 ފޫޓު ހުރެއެވެ. އަދި އެޔޮޓުގެ އަގަކީ 940،000 ޑޮލަރެވެ. (ނުވަ ލައްކަ ސާޅީސް ހާސް ޑޮލަރެވެ.) ޔޮޓު އަޑިއަށް ދާން ފެށުމާއެކު، ޔޮޓުގެ ވެރިފަރާތާއި ފަސިންޖަރުން ރައްކާތެރިކަމާއެކު އެއްގަމަށް ވަޞިލުވެފައިވެއެވެ. މިޙާދިޘާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޔޮޓުގެ ޓެކްނިކަލް އިންސްޕެކްޝަން ތައް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމުގައި ޝިޕްޔަރޑް އޮފިޝަލުން ހާމަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން