Ads by Stelco

ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަޙައްދުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ/ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ސެޕްޓެމްބަރު 2025، 01:48

04 ސެޕްޓެމްބަރު 2025، 01:48

މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން އިޢުލާނުކޮށްފިއެވެ.

ސްޓެލްކޯ އިން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެގޮތުން، މާލެ ސިޓީގެ އައިމިނާރަނި ހިނގުން، އަމީނީ މަގު، ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، ބުރުޒު މަގު، ރަށްދެބައި ހިނގުން އަދި ސިއްތިމާވާ ހިނގުން ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:00 އާއި 14:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ސްޓެލްކޯ އިން ވަނީ، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ކިބައިން  މަޢާފަށް އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން