Ads by Stelco

ޚަބަރު

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

މަސް ބަންދުކުރާ ފެކްޓަރީއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2025، 01:47

04 ސެޕްޓެމްބަރު 2025، 01:47

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ޢަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން 52،763 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 27،950 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %88.8 އިތުރުވުމެކެވެ.

 މި މުއްދަތުގައި ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައިއެކްސްޕޯޓް ކޮށްފައިވަނީ 47،902 މެޓްރިކްގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %106.2 އިތުރުވުމެކެވެ.

ކަނޑުމަސް ނުހިމަނާ ފިނިކުރި، ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން ޕްރޮސެސްކޮށްގެން އެކްސްޕޯޓްކޮށްފައިވަނީ 895 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 572 މެޓްރިކް ޓަނުގެ މަހެވެ. މިއީ %65 އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. އެއީ 3،536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 3752 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %5.8 ދަށްވުމެކެވެ.

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

 

 


Ads by MSS

މި ލިޔުން ކިޔާލުމުން