ދުނިޔެ

ޔަމަނުގައި ޙަރަކާތްތެރިވާ ހޫތީ ޖަމާޢަތުން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި

ޔަމަނުގައި ޙަރަކާތްތެރިވާ ހޫތީ ޖަމާޢަތުން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި

މިސައިލް ހަމަލާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ސެޕްޓެމްބަރު 2025، 03:19

04 ސެޕްޓެމްބަރު 2025، 03:19

ޔަމަނުގައި ޙަރަކާތްތެރިވާ ހޫތީ ޖަމާޢަތުން އިސްރާއީލަށް މިއަދު ހެނދުނު މިސައިލް ހަމަލާއެއް ދީފިއެވެ.

މިކަމާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލާ ދެކޮޅަށް ބަލިސްޓިކް މިސައިލްގެ ޙަމަލާއެއް ފޮނުވާލާފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން މިސައިލް ވައްޓާލުމަށް މަސައްކަތް ކުރި ނަމަވެސް، އެ މިސައިލް އިސްރާއީލަށް ވެއްޓިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މިސައިލް ވެއްޓިފައިވަނީ އިސްރާއީލުގެ ހުސް ބިމަކަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ހޫތީން މިއަދު ހެނދުނު އިސްރާއީލަށް ހަމަލާއެއް ދީފައިވާއިރު، މިއީ މިއަދުގެ މިހާތަނަށް ހޫތީން އިސްރާއީލަށް ފޮނުވާލި 3 ވަނަ ހަމަލާ ކަމަށް ވެސް އެ ސަރަޙައްދުގެ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ހޫތީން ވަނީ އިސްރާއީލަށް މިފަދަ ގިނަ ހަމަލާތަކެއް ދީފައެވެ. ނަމަވެސް، މިފަދަ ގިނަ ހަމަލާތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ  އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން