ދުނިޔެ

ފަލަސްޠީނަށް ކުރިމަތިކުރުވާފައިވާ ދަތިކަން ދެކުނު އެފްރިކާ މީހުންނަށް ކުރިމަތިވި ދަތިތަކަށް ވުރެ ބޮޑު: މަންޑްލާ މަންޑޭލާ

ފަލަސްޠީނަށް ކުރިމަތިކުރުވާފައިވާ ދަތިކަން ދެކުނު އެފްރިކާ މީހުންނަށް ކުރިމަތިވި ދަތިތަކަށް ވުރެ ބޮޑު: މަންޑްލާ މަންޑޭލާ

މަންޑްލާ މަންޑޭލާ ފަލަސްޠީނުގެ ޙައްޤުގައި މުޒާހަރާކުރުން/ފޮޓޯ: ޑީއެފްއޭ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ސެޕްޓެމްބަރު 2025، 06:28

04 ސެޕްޓެމްބަރު 2025، 06:28

ފަލަސްޠީނަށް ކުރިމަތިކުރުވާފައިވާ ދަތިކަން ދެކުނު އެފްރިކާ މީހުންނަށް ކުރިމަތިވި ދަތިތަކަށް ވުރެ މާ ބޮޑުކަމަށް ނެލްސަން މަންޑޭލާގެ ކާފަދަރިފުޅު މަންޑްލާ މަންޑޭލާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ، މިދިޔަ ބުދަ ދުވަހު ރޮއިޓާސް ނޫސް އެޖެންސީއާ ވާހަކަ ދައްކަވަމުންނެވެ. އިސްރާއީލުން ފަލަސްޠީނަށް ހުއްޓުމެއްނެތި ދެމުންގެންދާ ޙަމަލާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، ނިރުބަވެރި އިސްރާއީލުގެ އިސްތިއުމާރުގެ ދަށުން ފަލަސްޠީނަށް ކުރިމަތިވެފައިވާ ދަތިކަން "އެޕާޓްހައިޑް" ގެ ދުވަސްވަރު ދެކުނު އެފްރިކާ މީހުންނަށް ކުރިމަތިވި ދަތިތަކަށް ވުރެ އެތަށް ގުނައެއް ބޮޑު ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދަނީ އަހަރެމެން އެޕާޓްހައިޑް ދުވަސްވަރު ތަޖުރިބާކުރި އަނިޔާވެރި ކަމަށް ވުރޭ މާ ބޮޑު ކަމެއް.

މަންޑްލާ މަންޑޭލާ ބުންޏެވެ.

މީގެ އިތުރުން، އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުންދާ ސިޔާސީ ލީޑަރުންނާއި، ބައިނަލްއަޤްވާމީ އެކި ޖަމާޢާތްތަކަށް ފަލަސްޠީނުގެ ޙައްޤުގައި ތެދުވެ ބަސްބުނުމަށް ގޮވާލާފައެވެ. އަދި ދުނިޔޭގެ ހުރިހާ މުޖުތަމައުއެއް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރަމުން ގެންދަން ޖެހޭކަމަށް އޭނާ ޤަބޫލުކުރައްވާކަމަށް ވަނީ ބުނެފައެވެ. ހަމަ އެހެންމެ "އެޕާޓްހައިޑް" ގެ ދުވަސްވަރު ދެކުނު އެފްރިކާއަށް ތާޢީދުކުރަން ތިބި ފަދައިން ފަލަސްތީނަށް ވެސް އެހީ ވާން ޖެހޭކަމަށް މަންޑްލާ ވަނީ ބުނެފައެވެ.

އެޕާޓްހައިޑްގެ ދުވަސްވަރަކީ، 1948 ވަނަ އަހަރުން ފެށިގެން 1990 ގެ އަހަރުތަކުގެ ކުރީކޮޅު ދެކުނު އެފްރިކާއާއި ހުޅަނގު ދެކުނު އެފްރިކާގައި އޮތް މުއައްސަސާތަކުން ހަރުކަށި ފިކުރެއްގެ ދަށުން ގެންދިޔަ ނަސްލީ ތަފާތުކުރުމުގެ ނިޒާމެކެވެ. އޭރު އެފްރީކާގެ ކަޅު ނަސްލުގެ މީހުންނާއި މެދު ތަފާތުކޮށް، އެ މީހުންނާ ދެކޮޅަށް އެތަށް އަނިޔާވެރި ޢަމަލެއް ހިންގާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން