ކުޅިވަރު

ޖޫނިއަރ އޯޕަން ބެޑްމިންޓަން: ފިރިހެން ސިންގަލްސް ފައިނަލަށް ޒަޔާން އާއި ނިބާލް

ޖޫނިއަރ އޯޕަން ބެޑްމިންޓަން: ފިރިހެން ސިންގަލްސް ފައިނަލަށް ޒަޔާން އާއި ނިބާލް

ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިން ސެމީފައިނަލަށް ދަތުރުކުރި 4 ކުޅުންތެރިން، ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ސެޕްޓެމްބަރު 2025، 08:23

04 ސެޕްޓެމްބަރު 2025، 08:23

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން 2025ގެ އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލުން ޒަޔާން ޒަކީ އާއި ނިބާލް އަޙުމަދު ހޯދައިފިއެވެ.

ރިވައިވަލްގެ ހަތަރު ކުޅުންތެރިންގެ މެދުގައި ކުޅުނު ސެމީފައިނަލް މެޗުތަކުގެ ތެރެއިން، ޒަޔާން ފައިނަލަށް ދަތުރުކުރީ ޙަސަން ޒަޔާން 2-1 ސެޓުން ބަލިކުރުމަށްފަހުއެވެ. އަދި ނިބާލް ވަނީ ސެމީގައި 2 ސެޓުން ހައިޝަމް އިބްރާޙިމް ބަލިކޮށްފައެވެ.

ޒަޔާން ޒަކީ އާއި ޙަސަން ޒަޔާން ބައްދަލުކުރި މެޗުގައި ފުރަތަމަ ސެޓު 21-11އިން ގެންދިޔައީ ޙަސަން ޒަޔާންއެވެ. ނަމަވެސް ޒަޔާން ޒަކީ ވަނީ، 21-13 އަދި 21-12އިން ފަހު ދެ ސެޓު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

ޒަޔާން އާއި ނިބާލް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރުގައެވެ. 

ނިބާލް އަކީ 2022 ވަނަ އަހަރު ޒަޔާން ބަލިކޮށް ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ. އެހެންނަމަވެސް ޒަޔާން ޒަކީ ވަނީ 2023 ވަނަ އަހަރު ޤައުމީ މުބާރާތުގެ ފަިއނަލްގައި ނިބާލް ބަލިކޮށް އެ އަހަރުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 6 އަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން