Ads by Stelco

ޚަބަރު

އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދިނުމަށް "އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް އިފްތިތާޙުކޮށްފި

އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދިނުމަށް "އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް އިފްތިތާޙުކޮށްފި

"އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް އިފްތިތާޙުކުރެއްވުން، ފޮޓޯ: އިމިގްރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ސެޕްޓެމްބަރު 2025، 09:03

04 ސެޕްޓެމްބަރު 2025، 09:03

އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދުމުގައި އާންމުކޮށް އޮޅުންއަރާ ކަންކަން އޮޅުންފިލުވައިދިނުމުގެ މަޤުސަދުގައި، "އިމިގްރޭޝަން އިންސައިޓްސް" ޕްރޮގްރާމް ރޭ އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ، ރޭ އޮތް ޚާއްޞަ ޖަލްސާއެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާންއެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުން.

އިމިގްރޭޝަނުން ޙިއްސާކުރި ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން، މި މަހުން ފެށިގެން މި ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަންގެ އޮފިސަރުންނާ ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށް ރޭ ބޭއްވި ޖަލްސާގައި، "އެމްޕަވަރިން އޯލް އެންޑް އަ ކަސްޓަމަރ ސަރވިސް ސްޓްރަޓެޖިސްޓް"، އަލްފާޟިލް މަސްއޫދު ޢަލީގެ ސެޝަނެއް ވެސް ކުރިޔަށްދިޔައެވެ. މި ސެޝަންގައި މަސްއޫދު އަލިއަޅުވާލެއްވީ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރާނެ ގޮތްތަކަށެވެ. މިއީ އެ އިދާރާގެ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުން މިހާރު ކުރިޔަށްގެންދާ ޕްރޮގްރާމް، "ސާރވް ވިތު އަ ސްމައިލް، އިންޓެގްރިޓީ ފަސްޓް އަދި އަޕްހޯލްޑް ހިއުމެނިޓީ"ގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދިޔަ ސެޝަނެކެވެ. 



ރޭގެ ޖަލްސާގައި ވަޒީރު އިޙްސާން ވަނީ އިމިގްރޭޝަން އޮފިސަރުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އިމިގްރޭޝަން އޮފިސަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، މި ކަންބޮޑުވުންތަކާ ގުޅިގެން ވަޒީރު ވަނީ އިމިގްރޭޝަން އޮފިސަރުންނާ ޚިޔާލު ބަދަލުކޮށްފައެވެ. 



އިމިގްރޭޝަންގެ މި ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް، ސީޕީ (ރިޓަޔަޑް) އަޙުމަދު ފަސީޙުގެ އިތުރުން، ޑެޕިއުޓީ ކޮންޓްރޯލަރ އަޙުމަދު އަޝްފާން އާއި އެ އިދާރާގެ އިސްވެރިން އަދި ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން