ޚަބަރު
މަސްތުވާ ތަކެތީގެ މައްސަލައެއްގައި މުލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެތީގެ މައްސަލައިގައި މުލިން ހައްޔަރުކުރި މީހާ---

ފަރުދުން
05 ސެޕްޓެމްބަރު 2025، 02:10
05 ސެޕްޓެމްބަރު 2025، 02:10
މަސްތުވާ ތަކެތީގެ މައްސަލައެއްގައި މ. މުލިން އެ ރަށަށް ނިސްބަތްވާ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ރުއްކަރަ، އުމުރުން 33 އަހަރުގެ ނައުފަލް އަޙްމަދުއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 4ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް، ނައުފަލްގެ ޢަމަލުތައް ހުރި ގޮތުން އޭނާ ބަލާ ފާސްކުރުމަށްފަހު މަސްތުވާތަކެތިކަމަށް ބެލެބޭ އެއްޗެހިތަކަކާ އެކުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނައުފަލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، އޭނާ 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.