ދުނިޔެ

ސްރީލަންކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މީހުން މަރުވެއްޖެ

ސްރީލަންކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މީހުން މަރުވެއްޖެ

ސްރީލަންކާ ބަސް އެކްސިޑެންޓު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ސެޕްޓެމްބަރު 2025، 05:14

05 ސެޕްޓެމްބަރު 2025، 05:14

ސްރީލަންކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އެ ބަހުން ދަތުރުކުރި ޖުމްލަ 15 މީހުން މަރުވެއްޖެއެވެ.

ސްރީލަންކާގެ ފުލުހުން މަޢުލޫމާތުދޭ ގޮތުގައި، އެލަ-ވެލަވަޔާ ނަމަކަށް ކިޔާ މައި މަގުގައި ބަހެއް ވަޅުގަނޑަކަށް ވެއްޓި ހިތާމަވެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މި ހާދިސާގައި މަރުވެފައިވަނީ ބަހުގައި ދަތުރުކުރި ހަ ފިރިހެނަކާއި ނުވަ އަންހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި 18 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ. 

އެ ޤައުމުގެ ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި ޒަޚަމްވި 11 ފިރިހެނަކަށާއި 7 އަންހެނުންނަށް ފަރުވާދެމުން އަންނަނީ އެކްސިޑެންޓުވި ސަރަޙައްދާއި ކައިރި ހޮސްޕިޓަލްތަކުގައި ކަމަށެވެ. އަދި މި ބަހަކީ ޓަންގަލޭ މުނިސިޕަލް ކައުންސިލްގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރި ބަހެއް ކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

މި ހާދިސާ  އިތުރަށް ތަހުޤީގު ކުރުމުގެ މަސައްކަތް ލަންކާ ފުލުހުން މިހާރު ވަނީ ފަށައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން