ޚަބަރު
މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ
 
                    ގެއްލިގެން ހޯދަމުންދާ ޝަހުމުﷲ ސާޖިދު/ފޮޓޯ: ފުލުހުން
މާލޭގައި ދިރިއުޅެމުންދާ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ، ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫއެވެ.
ފުލުހުން ވިދާޅުވީ، ޝަހުމުﷲ ސާޖިދު ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ހިނގާ ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޝަހުމުﷲ ސާޖިދު ބެހޭ އެއްވެސް މަޢުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
 
                 
                             
                                         
                 
                 
                                             
                                            