Ads by Stelco

ޚަބަރު

ރިޒޯޓެއްގެ ލޯންޗުގައި މަރުވެފައި ހުއްޓާ ފެނުނު ޒުވާނާ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

ރިޒޯޓެއްގެ ލޯންޗުގައި މަރުވެފައި ހުއްޓާ ފެނުނު ޒުވާނާ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

ނޮޓިލަސް ރިޒޯޓުގައި މަރުވެފާ ހުއްޓާ ފެނުނު އަދީލް އަހުމަދު---

farudhun logo

ފަރުދުން

05 ސެޕްޓެމްބަރު 2025، 05:31

05 ސެޕްޓެމްބަރު 2025، 05:31

ބ. އަތޮޅު ނޮޓިލަސް ރިޒޯޓުގައި މިދިޔަ މަހު ފަހުކޮޅު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު އޮޓޮޕްސީ ހެދުމަށް  ހަށިގަނޑު މާލެ ގެނަސް ވަޅުލައިފިއެވެ.

މި މަހުގެ 22ވަނަ ދުވަހު ހިނގި މި ހާދިސާގައި އޭނާ މަރުވެފައި ހުރީ ލޯންޗެއްގައެވެ.

އަދީލްގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވީ ސެޕްޓެމްބަރު 2، ގައެވެ. އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނެސް ވަޅުލާފައި ވަނީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާގައެވެ.

އޭނާގެ  އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމީ ޝައްކު އުފެދޭ ކަންކަން ހުރުމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަދި އަދީލްގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމީ، އޭނާ މަރުތިވާ ހަފުތާއެއް ފަހުން ކަމަށް އޭނާގެ އާއިލާއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން