Ads by Stelco

ޚަބަރު

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މިހާ ފެނިއްޖެ، ޙާލު ރަނގަޅު: ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މިހާ ފެނިއްޖެ، ޙާލު ރަނގަޅު: ފުލުހުން

ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ސާޖިދު/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ސެޕްޓެމްބަރު 2025، 07:11

05 ސެޕްޓެމްބަރު 2025، 07:11

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މިހާ ފެނިއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ މީހާ ރައްޖެތެރޭގެ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ، ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫއެވެ. ފުލުހުން ވިދާޅުވީ، ޝަހުމުﷲ ސާޖިދު ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ހިނގާ ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

 އަދި ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް  އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން