ކުޅިވަރު

ބައިސްކަލް ދުއްވަނިކޮށް ކޯޗު އެންރީކޭގެ ކޮނޑު ކަށިގަނޑު ބިނދިއްޖެ!

ބައިސްކަލް ދުއްވަނިކޮށް ކޯޗު އެންރީކޭގެ ކޮނޑު ކަށިގަނޑު ބިނދިއްޖެ!

ކޯޗު އެންރީކޭ

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2025، 11:29

06 ސެޕްޓެމްބަރު 2025، 11:29

ބައިސްކަލް ދުއްވަނިކޮށް ޕީ.އެސް.ޖީ. ގެ ކޯޗު ލުއިސް އެންރީކޭގެ ކޮނޑު ކަށިގަނޑު ބިންދައިގެން ހިނގައްޖެއެވެ.

މިއަނިޔާގެ ސަބަބުން ވަޤުތުން އޭނާ ހަސްފަތާލަށް ވަނީ ގެންދެވިފައެވެ. ހަސްފަތާލަށް ގެންދެވުމުން، އޭނާގެ ކޮނޑު ކަށިގަނޑު އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން، ޓީމާ ދުރުގައި ހުރުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ކޯޗު ޓީމާ ދުރުގައި ހުންނާނެ ސީދާ މުއްދަތެއް ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

ކުލަބުން ބުނީ ކޯޗުގެ ޙާލު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށާއި، ކާމިޔާބު އޮޕަރޭޝަނަކަށް އެދޭ ކަމަށެވެ. އަލުން ފުޓްބޯޅައިގައި ޝާމިލްވެ އުޅުމަށް ކޯޗަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެ ކުލަބުން ދޭނެ ކަމަށް ވެސް ކުލަބުން ވަނީ ބުނެފައެވެ.

ލުއިސް އެންރީކޭ އަކީ ނިމިދިޔަ ސީޒަނުގައި ޕީ.އެސް.ޖީ. އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާދީފައިވާ ކޯޗެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އޭނާ ވަނީ ފުރަތަމަ ފަހަރަށް އެ ކުލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. މި އަހަރު ބޭއްވި ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެސް އޭނާ ވަނީ ޓީމު ގެންގޮސްދީފައެވެ.

ސްޕޭނަށް އުފަން ކޯޗު އެންރީކޭ ވަނީ މީގެ ކުރިން ސްޕޭނުގެ ބާސެލޯނާ އަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދާދީފައެވެ. ޕީ.އެސް.ޖީ. އަށް އައުމުގެ ކުރިން އޭނާ ވަނީ ސްޕޭނުގެ ޤައުމީ ކޯޗުކަން ވެސް އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން