ޚަބަރު
ތްރައިވް ސޮސައިޓީ: ޞިއްޙީ އަދި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދައިދޭ ޖަމްޢިއްޔާއެއް!

ތްރައިވް ސޮސައިޓީގެ ފުރަތަމަ އަހަރީ ބައްދަލުވުން (މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ). މިބައްދަލުވުމުގައި ހީވާގި ޓީމަކަށް ވަނީ މެންބަރުން ޢައްޔަންކޮށްފައި.

ފަރުދުން
06 ސެޕްޓެމްބަރު 2025، 12:38
06 ސެޕްޓެމްބަރު 2025، 12:38
ތްރައިވް ސޮސައިޓީ އަކީ ދިވެހިރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާޢީ މައްސަލަތައް ދެނެގަނެ، ދިރިއުޅުން ރަނގަޅުކޮށްދޭ
ދެމެހެއްޓެނިވި ރައްކާތެރި ޙައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެކެވެ. ރާއްޖޭގެ އެތައް ބަޔެއްގެ
ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައ،ި މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ސީދާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތްރައިވް ސޮސައިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވ.ެ ޚާއްޞަކޮށް ނަފްސާނީ ދުޅަހެޔޮކަމާއި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް އެޖަމްޢިއްޔާގެ މަސައްކަތްތަކުގައި ބޮޑު ސަމާލުކަމެއް ދެއެވެ.
ތްރައިވް ސޮސައިޓީގެ އިލެކްޓެޑް ޗެއަރމަން ޢުމަރު އަޙުމަދު ޙަސަން ވިދާޅުވި ގޮތުގައ،ި މެންޓަލް ހެލްތް ޕިއަރ ސަޕޯޓް ގްރޫޕް ބާއްވާނެ ޖާގައެއް ނުލިބިގެން ވަރަށް ގިނަ ފަރާތްތަކުގައި އެދެން ޖެހުނެވެ. މިފަދަ އެތައް ގޮންޖެހުންތަކާ އެޖަމްޢިއްޔާ އިން ކުރިމަތިލާން ޖެހުނު ކަން ވެސް ޢުމަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް، ވަރަށް ދުވަހުގެ މަސައްކަތުން "ޝީ" އަދި "ހޯޕް ފޯ ވިމެން" އިން މިކަމުގައި ވަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިފައެވެ. ޚާއްޞަ ގޮތެއްގައި މިފާއިތުވި އަހަރުދުވަސް ތެރޭގައި، ހޯޕް ފޯ ވިމެން އިން ތްރައިވް ސޮސައިޓީގެ ކޮންމެ ހަފްތާއެއްގައި ބާއްވާ ފިޒިކަލް ސަޕޯޓް ގްރޫޕް ބޭއްވުމަށާއި އިވެންޓްތައް ބޭއްވުމަށް ދެއްވި އެއްބާރުލުން ފާހަގަކޮށް، ޢުމަރު އަޙުމަދު ޙަސަން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ތްރައިވް ސޮސައިޓީން ކުރިއަށް ގެންދާ ބައެއް މުހިންމު މަސައްކަތްތަކަށް ބަލައިލައި އިރު: އަދާ ހަމައަށް އެޖަމްޢިއްޔާއިން އިންތިޡާމުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް އަލިއަޅުވާ 50 ފިޒިކަލް މަޢުލޫމާތު ސެޝަނާއި، 15 އޮންލައިން ސެޝަން ކުރިއަށް ގެންގޮސްފައިވެއެވ.ެ އަދި އަދާ ހަމައަށް އެޖަމްޢިއްޔާގެ ފިޒިކަލް އަދި އޮންލައިން ސަޕޯޓް ގްރޫޕްތަކުގައި 100 އަށްވުރެ ގިނަ ތަފާތު ބައިވެރީން ބައިވެރިވެފައި ވެއެވެ. މީގެ ތެރެއިން އެތައް ފަރާތްތަކެއް، އެސަޕޯޓް ގްރޫޕްތަކުގައި ކޮންމެ ހަފްތާއަކު ޤަވާޢިދުން ބައިވެރިވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ވައިބަރގައި ހުންނަ މެންޓަލް ހެލްތް ޕިއަރ ސަޕޯޓް ގްރޫޕުގައި 500 އަށްވުރެ ގިނަ މެންބަރުން ޙަރަކާތްތެރިކަމާއެކު ބައިވެރިވާއިރު، ނަފްސާނީ ތަފާތު ބަލިތަކަށް 10 އަށްވުރެ ގިނަ ވައިބަރ ގްރޫޕް ހުރެއެވެ. ހަމައެހެންމެ، 45 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ އެންޑޯމެޓްރިއޯސިސް ސަޕޯޓް ގްރޫޕެއް ވައިބަރގައި ހުންނައިރު، މައިންބަފައިން އެކަހެރިވުން، ވަރިވުން، ފަދަ އެކި ސަބަބުތަކާ ހުރެ ދަރިންނަށް ނުވަދެވޭ މީހުންނަށް ބެލެނިވެރިންގެ ސަޕޯޓް ގްރޫޕެއް ވެސް ހުރެއެވެ. މިކަންކަމަކީ ތްރައިވް ސޮސައިޓީން ކުރަމުން އަންނަ މުހިންމު އިޖުތިމާޢީ މަސައްކަތްތަކެކެވެ.
މި މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން އެޗް.ޑީ.ސީ. އާ ގުޅިގެން ހުޅުމާލޭގައި ކޮންމެ ހަފްތާއެއްގައި ސަޕޯޓް ގްރޫޕް ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން، ސަޕޯޓް ގްރޫޕް ހިންގަދޭނެ ފެސިލިޓޭޓަރުން ވެސް ވަނީ ހޯދާފައެވެ. އަދި އިތުރު ފެސިލިޓޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތް މޯލްޑިވްސް ރެޑް ކްރެސެންޓް ފަދަ ފަރާތްތަކާއެކު ކުރިއަށް ގެންދިއުމަށް ތްރައިވް ސޮސައިޓީ އިން ޤަޞްދުކުރެއެވެ.
ތްރައިވް ސޮސައިޓީގެ ޗެއަރ ޢުމަރު އަޙުމަދު ޙަސަން އިތުރަށް ވިދާޅުވި ގޮތުގައި، ތްރައިވް ސޮސައިޓީގެ ފަރާތުން މުހިއްމު 9 މެމޯރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމ.ްއޯ.ޔޫ.) އެއްގައި މި އަހަރު ސޮއިކުރުމަށް ވިސްނާފައިވެއެވެ. އެގޮތުން ޒީޑް އިންޓަރނޭޝަނަލް އާ އެކު އެންޑޯމެޓްރިއޯސިސް ބައްޔަށް ފަރުވާކުރާނެ ޑޮކްޓަރުން ތަމްރީން ކުރުމާ ގުޅޭ ޕްރޮގްރާމްތަކާއި ޓްރެއިނިންގތައް ހިންގުމަށް އެޖަމްޢިއްޔާއިން ވަނީ ރާވާފައެވ.ެ މިހާރު ވެސް ތްރައިވް ސޮސައިޓީން ދަނީ އެބޭފުޅުންނާއެކު މި މަސައްކަތުގައި އެހީތެރިވަމުންނެވެ. ޒީޑް އިންޓަރނޭޝަނަލް އާ ގުޅިފައިވާ ބައެއް ޔުނިވަރސިޓީތަކާ ގުޅިގެން އެންޑޯމެޓްރިއޯސިސްގެ ސިލަބަސްތައް ވެސް އެކުލަވާލަމުން ދަނީއެވެ. މީގެ އިތުރުން، ޔުނިސެފް އާއެކު ބައްދަލުވުމެއް މިހާރު ބާއްވާފައި ވާ އިރު، އެމ.ްއޯ.ޔޫ. އާއެކު ސޮއިކޮށް އެކީގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެގޮތުގެ މަތިން ޔުނިސެފް ބޭފުޅުންނާ އެކު އެކި ޕްރޮގްރާމްތަކުގައި އެހީތެރިވެ ބައިވެރިވުމަށް އެކި ރަށްރަށަށް ދިއުމަށް ވެސް ތްރައިވް ސޮސައިޓީން ދަނީ ރާވަމުންނެވެ.
ތްރައިވް ސޮސައިޓީއަށް އެކި ފަރާތްތަކުން ލިބިފައިވާ ފީޑްބެކްތަކަށް ބަލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ މޮޅެތި ސައިކިއާޓްރިކް ޑޮކްޓަރުން ދިވެހިރާއްޖެއަށް ވިޒިޓިންގ ޑޮކްޓަރުންގެ ގޮތުގައި ގެނައުމަށްޓަކައި ރާއްޖޭގެ އެކި ހޮސްޕިޓަލް އަދި ކްލިނިކްތަކާ ދަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ. މިފަދައިން އެންޑޯމެޓްރިއޯސިސްގެ ބައްޔަށް ޚާއްޞަ ޑޮކްޓަރުންނާއި އެހެން ބަލިތަކުގެ ފުންނާބު އުސް ޑޮކްޓަރުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ދާނެއެވެ. މީގެ އިތުރުން، ދަރިންނާ ބައްދަލުނުކުރެވޭ މައިންބަފައިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަކީ ވެސް ތްރައިވް ސޮސައިޓީގެ ތަޞައްވުރެއް ކަމަށް އެސޮސައިޓީން ބުނެއެވެ.
ވާހަކަފުޅު ކުރުކުރައްވަމުން ޢުމަރު އަޙުމަދު ޙަސަން ވިދާޅުވީ، ތްރައިވް ސޮސައިޓީން މަސައްކަތް ކުރަނީ އެކި މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ގެނެވޭތޯ ކަމަށެވެ. ކަންކަން ރަނގަޅު ފެންވަރެއްގައި ދިރާސާކޮށް، ޢާންމުންނަށް ދިމާވެފައި ހުންނަ ބައެއް ދަތިތައް ފިލުވައިދެވޭތޯ ދިވެހި ސަރުކާރާއި އެހެން މުއައްސަސާތަކާ ގުޅިގެން ކަންކަން ޙައްލު ކުރުމަށް ތްރައިވް ސޮސައިޓީން މަސައްކަތް ކުރާނެ ކަމަށެވެ.
ތްރައިވް ސޮސައިޓީ ކުރަމުން އަންނަ އަދި ކުރުމަށް ނިންމާފައިވާ މި އެންމެހައި މަސައްކަތްތަކުން ދިވެހި މުޖުތަމަޢުގެ ފަރުދުންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ދާއިމީ ޙައްލުތަކެއް ހޯދައިދީ، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަން ޔަޤީނެވެ.