ދުނިޔެ

ބިންހެލުމުގައި ގެއްލުންވެ އަފްޣާނިސްތާނުން އެހީއަށް އެދި ގޮވާލި ގޮވާލުމަށް އެމެރިކާއިން ދިނީ ބީރު ކަންފަތެއް

ބިންހެލުމުގައި ގެއްލުންވެ އަފްޣާނިސްތާނުން އެހީއަށް އެދި ގޮވާލި ގޮވާލުމަށް އެމެރިކާއިން ދިނީ ބީރު ކަންފަތެއް

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ތަނެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ސެޕްޓެމްބަރު 2025، 06:02

06 ސެޕްޓެމްބަރު 2025، 06:02

ޖެހިޖެހިގެން ގާތްގާތުގައި ދެ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އަފްޣާނިސްތާނުން އެހީތެރިކަމަށް ގޮވާލުމުން އެމެރިކާއިން އެކަމަށް ބީރު ކަންފަތެއް ދިން ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ފާހަގަކޮށްފިއެވެ. 

ރޮއިޓަރސް ނިއުސް އެޖެންސީން ނަގާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2,200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް މީހުން ހާލުގައި ޖެހިފައިވާ މި ބިންހެލުމުގެ ހާދިސާ ހިނގިތާ ހަފްތާއެއް ވީއިރުވެސް، އެމެރިކާއިން ވަނީ އެއްވެސް ކުއްލި އެހީއެއް ފޯރުކޮށްދިނުމަށް ހުއްދަ ދީފައެއް ނުވެއެވެ.

އެމެރިކާގެ ސަރުކާރުގެ ކުރީގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، މިއީ އެމެރިކާއިން އެތައް އަހަރެއްގައި ކުރަމުން އައި ބައިނަލްއަޤްވާމީ އިންސާނީ އެހީގެ މަސައްކަތްތަކަށް ޓްރަމްޕް އިދާރާއިން ގެނައި ބޮޑު ބަދަލެކެވެ. މީގެ ތެރޭގައި ބޭރުގެ އެހީ މަދުކުރުމާއި، އެމެރިކާގެ މައި އެހީދޭ އިދާރާ ބަންދުކުރުން ހިމެނެއެވެ.

އެހެންނަމަވެސް، ރަޝިޔާއިން ވަނީ ހުކުރު ދުވަހު 20 ޓަނުގެ ކާބޯތަކެތީގެ އެހީ އެފްޣާނިސްތާނަށް ފޮނުވާފައެވެ. އަދި ރަޝިޔާގެ ރައީސްގެ އިރުޝާދުގެ ދަށުން އިތުރު އެހީ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފޮނުވާނެ ކަމަށް އެ ޤައުމުގެ ކުއްލި ހާލަތުގެ މިނިސްޓްރީން ބުނެފައިވެއެވެ.

 ރަޝިޔާއަކީ 2021 ވަނަ އަހަރު ވެރިކަމަށް އައި ޠާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ޤައުމެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން