ދުނިޔެ

ރައްޔިތުންގެ މެދުގައި ސަރުކާރަށް ގެއްލިފައިވާ އިތުބާރު އިޔާދަކުރުމަށް ތައިލެންޑްގެ އައު ބޮޑުވަޒީރު ތަަޖުރިބާކާރު ކެބިނެޓެއް އައްޔަނުކުރައްވައިފި

ރައްޔިތުންގެ މެދުގައި ސަރުކާރަށް ގެއްލިފައިވާ އިތުބާރު އިޔާދަކުރުމަށް ތައިލެންޑްގެ އައު ބޮޑުވަޒީރު ތަަޖުރިބާކާރު ކެބިނެޓެއް އައްޔަނުކުރައްވައިފި

ތައިލެންޑްގެ އައު ބޮޑުވަޒީރު އަނުޓިން ޗަންވިރަކުލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ސެޕްޓެމްބަރު 2025، 07:21

06 ސެޕްޓެމްބަރު 2025، 07:21

ރައްޔިތުންގެ މެދުގައި ސަރުކާރަށް ގެއްލިފައިވާ އިތުބާރު އިޔާދަކުރުމަށް ތައިލެންޑްގެ އައު ބޮޑުވަޒީރު އަނުޓިން ޗަންވިރަކުލް ވަނީ މާލީ، ހަކަތައިގެ އަދި ޚާރިޖީ ވުޒާރާތަކަށް ތަޖުރިބާކާރު އިސްވެރިން އައްޔަންކުރައްވާފައެވެ. 

މިގޮތުން މާލީ ވުޒާރާއަށް ކުރީގެ މާލީ މިނިސްޓްރީގެ އިސްވެރިއެއް، ހަކަތައިގެ ވުޒާރާއަށް ތެޔޮ އަދި ގޭހުގެ ދާއިރާގެ އެގްޒެކެޓިވްއެއް އަދި ޚާރިޖީ ވުޒާރާއަށް ގާބިލް ޑިޕްލޮމެޓެއް އައްޔަންކުރައްވައިފައިވެއެވެ.

ހޮނިހިރު ދުވަހު މި މަޤާމުތަކަސް އައްޔަނުކުރެވުނު ބޭފުޅުން އިއުލާންކުރައްވަމުން، ބޮޑުވަޒީރު އަނުޓިން ވިދާޅުވީ، ސިޔާސީ އަދި އިޤްތިޞާދީ ހަލަބޮލިކަމެއްގެ ތެރެއިން މިވަގުތު ދަނީ ކުރިއަށްދާ ޤައުމަށް އިތުބާރު އިއާދަކުރުމަށް މި އައްޔަންކުރެއްވުންތައް މަގުފަހިކުރާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެކްނިޓި ނިޓިތަންޕްރަޕަސް، އައުޓަޕޯލް ރެކްޕިބޫން އަދި ސިހަސަކް ޕުއަންގްކެޓްކިއޯ އަކީ އެބޭފުޅުން ހަވާލުވެވަޑައިގަންނަވާ ދާއިރާތަކުގެ އެންމެ އިސް ފަންތީގެ ވެރިންނެވެ.

މި މަޤާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވާފައިވަނީ، އަނުޓިން ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމަށްފަހު ހަމައެދުވަހުއެވެ. އޭނާ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމަކީ ތައިލެންޑްގެ ތާރީޚުގައި އެންމެ ކާމިޔާބު ސިޔާސީ ޕާޓީ ކަމުގައިވާ ޕިއު ތައި ޕާޓީއަށް ލިބުނު ބޮޑު ލަދެކެވެ.

ބޮޑުވަޒީރު އަނުޓިން ވަނީ ހުކުރު ދުވަހުގެ ރޭ ޤައުމުގެ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އަދި "ގެއްލިފައިވާ ފުރުސަތުތަކަށް ބަދަލު ލިބޭނެ ހަލުވިމިނެއްގައި ޤައުމު ކުރިއަށް ގެންދިއުމަށް" އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން ގާނޫނު ހަރުދަނާކަމާއެކު ތަންފީޒުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން