ކުޅިވަރު

ރޮނާލްޑޯގެ ދެ ގޯލާއެކު ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗު ބޮޑު ތަފާތަކުން ޕޯޗުގަލް ކާމިޔާބުކޮށްފި

ރޮނާލްޑޯގެ ދެ ގޯލާއެކު ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗު ބޮޑު ތަފާތަކުން ޕޯޗުގަލް ކާމިޔާބުކޮށްފި

ރޮނާލްޑޯއަކީ ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ސެޕްޓެމްބަރު 2025، 08:18

07 ސެޕްޓެމްބަރު 2025، 08:18

ހަވަނަ ވޯލްޑް ކަޕް ކުޅުމުގެ އުއްމީދުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާއެކު، މިއަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އަރުމީނިއާގެ މައްޗަށް ޕޯޗުގަލް ކުރިހޯދައިފިއެވެ.

ޕޯޗުގަލްގެ ޤައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކޮށްދިން 139ވަނަ ގޯލާއި 140ވަނަ ގޯލާއެކު، ޕޯޗުގަލްއިން އަރުމީނިއާ ބަލިކުރީ 5-0އިންނެވެ. މި ގޯލުތަކާއެކު ރޮނާލްޑޯއަކީ ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. 

އަރުމީނިއާގެ ރިޕަބްލިކަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅެމުން ދިޔަ ޑިއެގޯ ޖޯޓާ ކާރު އެކްސިޑެންޓެއްގައި މިދިޔަ ޖުލައި މަހު މަރުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކަމުން، އޭނާ އާއި އޭނާގެ ކޮއްކޮ އަންޑްރޭ ސިލްވާގެ ހަނދާނުގައި މެޗު ފެށުމުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނަސްފައިވެއެވެ.

މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 10ވަނަ މިނެޓުގައި ޖާއޯ ފެލިކްސްއެވެ. އެ ޓީމުގެ ދެވަނަ ގޯލު 21ވަނަ މިނެޓުގައި ކާމިޔާބުކުރީ ރޮނާލްޑޯ ކާމިޔާބުކުރީ ޕެޑްރޯ ނޭޓޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުންނެވެ. އޭގެ ފަހުން ޖާއޯ ކާންސެލޯ ކާމިޔާބުކުރި އިތުރު ގޯލަކާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0އިން ޕޯޗުގަލް ކުރީގައި އޮވެއެވެ.

މެޗުގައި ރޮނާލްޑޯގެ ދެވަނަ ގޯލު ފެނުނީ ފަހު ހާފުގެ ދެވަނަ މިނެޓުގެ ތެރޭގައެވެ. އަރުމީނިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. 

މެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ފަހު ގޯލަކީ ޖާއޯ ފެލިކްސް ކާމިޔާބުކުރި ގޯލެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން