Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބްރަޒިލް އަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ބްރަޒިލް އަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ބްރަޒިލް ދިދަ.

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2025، 10:18

07 ސެޕްޓެމްބަރު 2025، 10:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބްރަޒިލް ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށް މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އުފާވެރި މުނާސަބަތުގައި ބްރަޒިލް ގެ ރައީސް ލުއިޒް އިނާޝިޔޯ ލޫލާ ޑަ ސިލްވާ އަށާއި، ބްރަޒިލްގެ ސަރުކާރަށާއި، އެޤައުމުގެ އެންމެހައި ރައްޔިތުންނަށް ރައީސް މުޢިއްޒު ތަހުނިޔާ ދަންނަވާ ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި ބްރަޒިލްއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް މިހާރު ސާޅީސް އަހަރު ވާން ކައިރިވަނީއެވެ. މިއާއެކު، ދެޤައުމު ގުޅިގެން، ޢާންމު ލަނޑުދަނޑިތަކަށް ވާޞިލުވުމަށް ދިވެހިރާއްޖެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.

ކޮންމެ އަހަރެއްގެ ސެޕްޓްމްބަރު މަހުގެ 7 ވަނަ ދުވަހު ފާހަގަކުރާ ބްރަޒިލް ގެ މިނިވަން ދުވަހަކީ، ފުށެތިކާލުންގެ އަތްދަށުން އެޤައުމަށް މިނިވަންކަން ލިބުނު ދުވަހެވެ. ބްރަޒިލް މިނިވަން ދުވަހު އެޤައުމުގެ ރައްޔިތުން ހަނދާން އާ ކުރަނީ، މީލާދުން 1822 ވަނަ އަހަރު ބްރަޒިލް އަށް މިނިވަންކަން ހޯދައިދިނުމުގައި ޑޮމް ޕެޑްރޯ ބުނުއްވި ބަސްފުޅެވެ. "އިންޑެޕެންޑެންސިއާ އޮއު މޮރްތޭ." މާނައީ: "މިނިވަންކަން ނުވަތަ މަރު." ކޮންމެ އަހަރު ވެސް ކުލަގަދަ ގޮތެއްގައި ބްރަޒިލް ގައި މިނިވަން ދުވަސް ފާހަގަކުރާ އިރު، މިނިވަން ދުވަހުގެ ޙަފްލާތަކުގައި ޘަޤފީ ކުޅިވަރުތަކާއި ޕެރޭޑުތައް ހިމެނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން