Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް މީހާ ވަޒީފާއިން ވަކިކުރަނީ

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް މީހާ ވަޒީފާއިން ވަކިކުރަނީ

އައިޝަތު ޝިޔާޒާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ސެޕްޓެމްބަރު 2025، 10:23

07 ސެޕްޓެމްބަރު 2025، 10:23

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) ގެ މައްސަލަ ބެލުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖުލައި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ، ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ. އެ ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން