ޚަބަރު
އެސްވަޓީނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި
 
                    ދިވެހިރާއްޖެއާއި އެސްވަޓީނީގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް
އެސްވަޓީނީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
އެސްވަޓީނީގެ ޚާރިޖީ ވަޒީރު މިސް ފޮލިލެ ޝަކަންޓޫ އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، އެސްވަޓީނީގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެއާއި އެސްވަޓީނީ އާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށްޓަކައި އެސްވަޓީނީގެ ޚާރިޖީ ވަޒީރު މިސް ފޮލިލެ ޝަކަންޓޫ އާއި ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، އެސްވަޓީނީގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ސިއްހަތާއި އެސްވަޓީނީ ގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އެސްވަޓީނީގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.
 
                 
                             
                                         
                 
                 
                                             
                                            