Ads by Stelco

ޚަބަރު

ކ. މާފުށީ ބަނދަރުގެ ކޮންކްރީޓް ބުރިޖުގެ 45 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ކ. މާފުށީ ބަނދަރުގެ ކޮންކްރީޓް ބުރިޖުގެ 45 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ބްރިޖް ކައިރީ ހިލައިގެ ރިވެޓްމެންޓް ހަރުކުރަނީ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ސެޕްޓެމްބަރު 2025، 11:17

07 ސެޕްޓެމްބަރު 2025، 11:17

ކ. މާފުށީ ބަނދަރުގެ ކޮންކްރީޓް ބުރިޖުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ  އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ، މާފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރުގެ ބްރިޖް ކައިރީ ހިލައިގެ ރިވެޓްމެންޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން 28،836 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރާނެއެވެ. އަދި 63،711 ކިއުބިކް މީޓަރަށް އާ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާއިރު، 4،414 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 31 މީޓަރަށް ބޭރުތޮށި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ މިއާއެކު، ސޭންޑްފިލް ބްރޭކްވޯޓާ ހެދުމާއި 64 މީޓަރަށް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން، 700 މީޓަރަށް ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރަށް އެއްގަމު ތޮށި ޖެހާނެއެވެ. އަދި 367 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުމާއި، 73 މޫރިން ރިންގް ހަރުކުރުމާއި، 10 މޫރިންގ ބޮއި ހަރުކުރުމާއި، އެކްސެސް ޕްލެޓްފޯމް އެޅުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި 33 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1،869 އަކަ މީޓަރަށް ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށް ގެންދާނެއެވެ.

މާފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ، 2023 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫއަށް 82 މިލިއަަން ރުފިޔާ ހޭދަވާއިރު، 600 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަންޖެހޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން