ޚަބަރު
އިސްލާމިކް ގަވަރނަންސް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރައިފި
 
                    އިސްލާމިކް ގަވަރނަންސް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން/ފޮޓޯ: ވުޒާރާ
އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރައިފިއެވެ.
މި ކޯހަކީ، މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުން ފުރުޞަތު ދީފައިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް އިސް މުވައްޒަފުންނަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޯހުގެ ބައިވެރިން މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތައް ކުރިއަށްދާ ގޮތް ބެލުމާއި، އިސްލާމީ ތާރީޚީ ބައެއް ތަންތަނަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ކޯހުގެ ތެރެއިން އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޝަންއާއި ގުޅޭ މުހިންމު ސެޝަންތަކެއް ބައިވެރިންނަށް ކުރިއަށް ގެންދެވޭނެކަމަށް އެ ވުޒާރާއިން ވަނީީ ވިދާޅުވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، 2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ހޯއްދަވައިދެއްވާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            