Ads by Stelco

ޚަބަރު

މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ: ރައީސް މައުމޫން

މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ: ރައީސް މައުމޫން

ރައީސް މައުމޫން/ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ސެޕްޓެމްބަރު 2025، 02:59

07 ސެޕްޓެމްބަރު 2025، 02:59

މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ފަލަކީ ޢިލްމުވެރިޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިރޭ ފުރިހަމައަށް ހަނދުކޭތައެއް ފެންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މިރޭ ވަނީ ހަމަޖައްސަވައިފައެވެ. 

މިކަމާއި ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ފަލަކީ ޢިލްމުވެރިޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެކަމަށް ބެލެވޭ ކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭ ގަޑިން މިރޭ 11:30 އިން ފެށިގެން 82 މިނެޓު އިރު ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެ ކަމަށް ބެލެވޭކަމަށް  ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މި ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ. ކޭތަ ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 23:12 ގައެވެ.

މިރޭގެ ހަނދުކޭތައަށް ފަހު، ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން