Ads by Stelco

ޚަބަރު

ޕެންޝަން އޮފީހުން އިންތިޒާމް ކުރާ “މޯލްޑިވްސް ފައިނޭންސް ފޯރަމް” މިމަހު 10ގައި ބާއްވަނީ

ޕެންޝަން އޮފީހުން އިންތިޒާމް ކުރާ “މޯލްޑިވްސް ފައިނޭންސް ފޯރަމް” މިމަހު 10ގައި ބާއްވަނީ

2018 ވަނަ އަހަރުގެ ފައިނޭންޝަލް ފޯރަމްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2025، 04:17

07 ސެޕްޓެމްބަރު 2025، 04:17

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" މި މަހުގެ 10 ވަނަ ދުވަހު ބޭެއްވުމަށް ހަމަޖެހިއްޖެއެވެ. 

މި ފޯރަމަކީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ މުހިންމު ފޯރަމެކެވެ.

މި އަހަރުގެ ފޯރަމްގެ މައިގަނޑު މަޢުޟޫއަކީ "ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް" އެވެ. މި ފޯރަމްގައި މާލީ ދާއިރާގެ އިސް ފަރާތްތަކާއި، މި ދާއިރާއާ ގުޅުންހުރި އެހެނިހެން ފަރާތްތަކަށް ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ފޯރަމްގެ ތެރޭގައި އެކި މައުޟޫއުތަކަށް ޕްރެޒެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތައް އަދި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިންގެ އިތުރުން ބޭރުގެ ތަޖުރިބާކާރުން ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕެންޝަން އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މި ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ފޯރަމެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ކެޕިޓަލް މާކެޓް ހަރުދަނާކޮށް، އިތުރަށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން