ޚަބަރު
ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު މެލޭޝިޔާއަށް
 
                    ވަޒީރުގެ ނައިބު މެލޭޝިޔާއަށް ފުރާވަޑައިގަތުން/ފޮޓޯ: ވުޒާރާ
ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު ޝައިޚް އިމްޠިޠާޢު އައްބާސް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ލެމްބާގާ ޒަކާތު އިދާރާގެ ދަޢުވަތަކަށް ވަޒީރުގެ ނައިބު ޝައިޚް އިމްޠިޠާޢު އައްބާސް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި "ކައިޒަކް 2025" ޒަކާތު ކޮންފަރެންސްގައި އެމަނިކުފާނު ޕެނެލިސްޓެއްގެ ގޮތުގައި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މެލޭޝިޔާގައި ކުރިއަށްދާ މި ޒަކާތު ކޮންފަރެންސްގައި އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިސްލާމީ ފައިނޭންސް ދާއިރާގެ ބޭފުޅުން ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިދިޔަ މަހު ކުރިއަށް ގެންދިޔަ ޒަކާތު ކޮންފަރެންސް، "އިންޒެކް 2025" ގައި މެލޭޝިޔާގެ ވަފުދަކުން ވަނީ ބައިވެރިވެލައްވާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            