ދުނިޔެ

ސީރިޔާގެ ތަރައްޤީއާއި އިންސާނީ އެހީގެ މަޝްރޫޢުތައް ފެށުމަށް ސަޢުދީގެ ވަފުދެެއް ސީރިޔާއަށް

ސީރިޔާގެ ތަރައްޤީއާއި އިންސާނީ އެހީގެ މަޝްރޫޢުތައް ފެށުމަށް ސަޢުދީގެ ވަފުދެެއް ސީރިޔާއަށް

ސީރިޔާއަށް ޒިޔާރަތްކުރި ސަޢޫދީގެ ވަފުދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2025، 06:07

07 ސެޕްޓެމްބަރު 2025، 06:07

ސީރިޔާގެ ތަރައްޤިއާއި އިންސާނީ އެހީގެ މަޝްރޫޢުތައް ފެށުމަށް ސަޢުދީޢަރަބިއްޔާގެ ވަފުދެއް ސީރިޔާއަށް ވަޑައިގެންފިއެވެ. 

މިވަފުދަކީ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް ސެންޓަރުގެ ސުޕަވައިޒަރ ޖެނެރަލް އަބްދުﷲ އަލްރަބީއާގެ އިސްވެރިކަމުގެ ދަށުން ސީރިޔާއަށް ޒިޔާރަތްކުރެއްޗި ވަފުދެކެވެ.

ސީރިޔާގެ ސަރުކާރުގެ ނޫސް އެޖެންސީ (ސާނާ) އިން ބުނާ ގޮތުގައި، ދިމިޝްޤް އިންޓަނޭޝަނަލް އެއަރޕޯޓުގައި މި ވަފުދު އިސްތިޤްބާލުކުރެއްވީ ސީރިޔާގެ އިމަރޖެންސީ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓަރ ރާއިދް އަލްސާލިހްއެވެ. ރޯޔަލް ކޯޓުގެ ލަފާދޭ ބޭފުޅެއްގެ ހައިސިއްޔަތުން އަލްރަބީއާ ވިދާޅުވީ މި ޒިޔާރަތަކީ ސީރިޔާގައި އިންސާނީ އަދި ތަރައްޤީގެ ޕްރޮގްރާމްތަކެއް ފެށުމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އިރުޝާދުގެ ދަށުން ކުރެވޭ ޒިޔާރަތެއް ކަމުގައެވެ.

ސީރިޔާގެ މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޒިޔާރަތުން ދެ ޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުން ހާމަވެގެންދެއެވެ. އަދި މިއީ ޞިއްޙީ އަދި ތަރައްޤީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި ދެމެހެއްޓެނިވި ތަރައްޤީގެ އެއްބާރުލުން ކުރިއަށް ގެންދިއުމުގެ ބައެއް ކަމުގައި ވިދާޅުވިއެވެ.

ފާއިތުވި ޖުލައި މަހުގައި، ދެ ޤައުމުގެ ދެމެދުގައި ފުރަތަމަ އިންވެސްޓްމަންޓް ފޯރަމް ބޭއްވުނެވެ. މި ފޯރަމްގައި 6 ބިލިއަން ޑޮލަރުގެ 44 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ދިމިޝްޤްގެ އަދްރާ ސިނާއީ ސަރަޙައްދުގައި ހުދު ސިމެންތި އުފައްދާ ފެކްޓްރީއެއް އެޅުމާއި، "ބުރުޖުލް ޖައުހަރާ" ގެ ނަމުގައި ވިޔަފާރި އަދި ހޮޓާ ޓަވަރެއް އެޅުމުގެ މަޝްރޫއު ހިމެނެއެވެ.

މި އިންވެސްޓްމަންޓްތަކުގެ ސަބަބުން 50,000 ސީދާ ވަޒީފާއާއި 150,000 ނުސީދާ ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއުތަކަކީ ސީރިޔާގެ އުމްރާނީ ތަރައްޤީއާއި، ރިއަލް އެސްޓޭޓް، ސިނާއީ އަދި ހަކަތައިގެ ދާއިރާތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން