Ads by Stelco

ޚަބަރު

ވިޔަފާރިތަކަށް ޑޮލަރުގެ ސަޕޯޓް: ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކޮށްފި، ހެޔޮ ބަދަލުތަކުގެ ނަތީޖާ!

ވިޔަފާރިތަކަށް ޑޮލަރުގެ ސަޕޯޓް: ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކޮށްފި، ހެޔޮ ބަދަލުތަކުގެ ނަތީޖާ!

ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ސެޕްޓެމްބަރު 2025، 06:31

07 ސެޕްޓެމްބަރު 2025، 06:31

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހުސްވި އޮގަސްޓް މަހުގެ ނިޔަލަށް 73 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ހާމަކޮށްފި އެވެ. މިއީ ވިޔަފާރިތަކަށް ޑޮލަރު ލިބުމުގައި ފަސޭހަވެ، އިތުރު ޑޮލަރު ބޭންކު މެދުވެރިކޮށް ލިބެމުންދާ ކަމުގެ ހެކިތައް ފެންނަމުންދާ ކަމެކެވެ.

ބީއެމްއެލް އިން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 73 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ވިއްކާފައި ވެއެވެ. މި އަދަދު، މިދިޔަ އަހަރުގެ މި މުއްދަތުގައި ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރި 69 މިލިއަން ޑޮލަރާ އަޅާބަލާއިރު، ހަތަރު މިލިއަން ޑޮލަރު އިތުރެވެ. މީގެ އިތުރުން، މިދިޔަ އަހަރު ވިޔަފާރިތަކުން އެދި ހުށައެޅި އަދަދުގެ ފަސް އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އަދަދަކަށް ޑޮލަރު ވިއްކާފައިވާ އިރު، މި އަހަރު އެދި ހުށައަޅާ އަދަދުގެ 30 އިންސައްތަ އާއި 50 އިންސައްތައާ ހަމައަށް އިތުރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ލިބޭ ޑޮލަރުގެ އަދަދު މިހާ ބޮޑުތަނުން އިތުރުވެފައި މިވަނީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށް ޤާނޫނަށް ގެނެސްފައިވާ ހެޔޮ ބަދަލުގެ ސަބަބުންނެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކުގައި ޑޮލަރުގެ ރިޒާވް އިތުރުވެ، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގެއް ފަހިވެފައި ވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ބޭންކުތައް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިކަމުން ދައްކުވައިދެނީ، ޤައުމުގެ އިޤްތިޞާދަށް ދުރު ރާސްތާގައި ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން