ކުޅިވަރު

މަތިވެރި ލީގު: ސެމީގެ ފުރަތަމަ ލެގުގެ ފަހު ވަގުތު ބޮޑުފޮޅުދޫއިން އެފްޕީ ބަލިކޮށްފި

މަތިވެރި ލީގު: ސެމީގެ ފުރަތަމަ ލެގުގެ ފަހު ވަގުތު ބޮޑުފޮޅުދޫއިން އެފްޕީ ބަލިކޮށްފި

މަތިވެރި ލީގުގެ ސެމީފައިނަލްގައި ސްޓެލްކޯ-ބޮޑުފޮޅުދޫ ކުޅުންތެރިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ސެޕްޓެމްބަރު 2025، 07:15

07 ސެޕްޓެމްބަރު 2025، 07:15

އިރުބެ މަތިވެރި ފުޓްސަލް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފަހު ވަގުތު ކާމިޔާބުކުރި ގޯލަކާއެކު، ސްޓެލްކޯ-ބޮޑުފޮޅުދޫއިން ފިއުޗަރ ޕްރޮމޯޝަން (އެފްޕީ) ބަލިކޮށްފިއެވެ.

ސެމީގެ ފުރަތަމަ މެޗުގައި ސްޓެލްކޯ-މަތިވެރިއާ ބައްދަލުކުރީ ބަބްލްޕޮއިންޓެވެ. މި މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ސްޓެލްކޯ-މަތިވެރި ޓީމުންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގައި ތައްތުއެވެ. ބަބްލްޕޮއިންޓުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހު ހާފުގައި ރައްޔާންއެވެ. 

މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 4-3އިން ކާމިޔާބުކޮށްފައި ވަނީ ސްޓެލްކޯ-މަތިވެރި ޓީމުންނެވެ. އެ މެޗުގައި ވެސް ސްޓެލްކޯ-މަތިވެރި ޓީމުގެ ގޯލު ފޫއަޅުވާލީ ރައްޔާންއެވެ. އޭނާ ވަނީ އެ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފައެވެ. 

ސެމީގެ ދެވަނަ މެޗު 3-2އިން ކާމިޔާބުކުރީ ސްޓެލްކޯ-ބޮޑުފޮޅުދޫ ޓީމުންނެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެ ޓީމުން މެޗު ކާމިޔާބުކުރީ ފަހު ވަގުތު ޖެހި ގޯލަކުންނެވެ.

އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބޮޑުފޮޅުދޫ ޓީމުންނެވެ. އެ ޓީމުގެ ޖޭޑީ އާއި މަޝީދު ކާމިޔާބުކުރި ގޯލުތަކުން ފުރަތަމަ ހާފު ނިމުނީ ބޮޑުފޮޅުދޫ ކުރީގައި އޮވެގެނެވެ. ނަމަވެސް ފަހު ހާފުގައި ފިޒޭ ކާމިޔާބުކުރި ދެ ގޯލާއެކު އެފްޕީއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އަދި ބޮޑުފޮޅުދޫ ޓީމަށް އަނބުރާ ލީޑު ހޯދައިދިނީ ރަފޭ ކާމިޔާބުކުރި ގޯލުންނެވެ. 

މި މުބާރާތުގެ ސެމީގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މި މަހުގެ 12ވާ ހުކުރު ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން