ދީން

ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުންް: ކޭތަނަމާދުގެ ޚުޠުބާ

ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުންް: ކޭތަނަމާދުގެ ޚުޠުބާ

ކޭތަނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޚުތުބާ އިއްވުން، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ސެޕްޓެމްބަރު 2025، 06:33

08 ސެޕްޓެމްބަރު 2025، 06:33

ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ކުރެއްވި ކޭތަ ނަމާދުގައި ދެއްވި ޚުތުބާއަށް އަލިއަޅުވާލައްވައި، ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުންްކަމުގައި، ރޭ އޮތް ކޭތަނަމާދުގެ ޚުޠުބާގައި ހާމަކޮށްފިއެވެ.

ހަނދުކޭތަ ހިފުމާ ގުޅިގެން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން ފަށާފައި ވަނީ، ރޭ 23:12ގައެވެ.

ކޭތަނަމާދުގެ ޚުޠުބާގައި ވަނީ ކޭތަ ހިފާ ސަބަބުތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ކޭތަ ހިފަނީ ހަމައެކަނި ޤުދުރަތީ ސަބަބުތަކާ ހެދި ނޫން ކަމަށާއި ނަމަވެސް މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުގެ ސަބަބުންކަމަށް ހާމަކޮށްފައިވެއެވެ. އެހެންކަމުން އެއީ މާތް ﷲގެ ޙަޟްރަތަށް މީސްތަކުން އެނބުރި ރުޖޫޢުވުމަށް ދެވޭ އިންޒާރެއް ކަމަށާއި، ދުނިޔޭގެ އެދުންތަކަށް ހެއްލި އާޚިރަތާމެދު ފަރުވާ ކުޑަކޮށް، ދުންޔަވީ އުފާތަކާއި އަރާމުތަކުގެ ތެރެއަށް ގެނބުމަކީވެސް ކޭތަހިފުމަށް މެދުވެރިވާ ސަބަބެއްކަމުގައި ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން،  ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި ހަނދު ކޭތަހިފުމަކާއި ގުރަހަތައް ވެރި ބުރައިގެންދާ ދިޔުމަކުންކަން  ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ކޭތަހިފުންފަދަ ކަންތައްތަކަކީ ﷲގެ މަތީން ހަނދާން ކުރުން އިތުރުކުރުމަށް މާތް ﷲ މިންވަރު ކުރައްވައިފައިވާ ކަންތައްތަކެއްކަމަށާއި، އެއީ ޤިޔާމަތް ދުވަހަށް ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއްކަމަށް ވެސް ހަނދުމަކޮށޤދެއްވިއެވެ.

ކޭތަހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން އިންސާނާއަށް ހަނދާންކޮށްދެނީ ކަންވަޅުގެ އަނދިރިކަންކަން ފާހަގަ ކުރައްވާ ޚުތުބާގައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ކޭތަނަމާދުގެ ޚުތުބާގައި ކަށްވަޅުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމަށް ނަޞޭހަތްދެއްވިކަން ހަނދާންކޮށްދެއްވާފައެވެ.

ރޭ ހިފި ކޭތަ ފުރިހަމަވެ 1 ގަޑިއިރާ 22 މިނެޓަށް ވަނީ ދެމިގެން ގޮސްފައެވެ. ކޭތަ ހިފަން ފެށީ 20:28ގައި ކަމަށް ވީނަމަވެސް، ކޭތަ ހިފާ މަންޒަރު ފެންނަން ފެށީ 21:30 ހާއިރުއެވެ. އަދި ކޭތަ އެއްކޮށް ވީއްލާ ނިމުނީ މެންދަމުން އަލިވެ 01:55ގައެވެ. 

ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން