ދީން

ރުޅީގައި ބުނެވޭ ބަސް ބަދުދުޢާއަށްވެ، ދަރިންގެ މުޅި އުމުރު ހަލާކުވެދާނެ!

ރުޅީގައި ބުނެވޭ ބަސް ބަދުދުޢާއަށްވެ، ދަރިންގެ މުޅި އުމުރު ހަލާކުވެދާނެ!

ކުއްޖަކާ ދިމާލަށް ހަޅޭލަވަނީ.. ފޮޓޯ: ޔޫކޮން ޓުޑޭ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

08 އޮކްޓޯބަރު 2026، 06:35

08 އޮކްޓޯބަރު 2026، 06:35

މައިންބަފައިން ރުޅިއަންނަ ހިނދު އަމިއްލަ ދަރިންނާ ދިމާއަށް ބުނެވޭ ހުތުރު ބަސްތަކާއި ކުރެވޭ ބަދުދުޢާތަކަކީ އެކުދިންގެ މުޅި ޙަޔާތް ބަރުބާދުވެ، އުމުރުދުވަހުގެ ހިތާމައާ ކުރިމަތިލާންޖެހިދާނެ ފަދަ ނުރައްކާތެރި ކަމެއްކަމަށް އިސްލާމީ ތާރީޚާއި ދީނީ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގެއެވެ.

ދަރިން ކުރާކަންކަމާ ހިތްހަމަނުޖެހިގެން ނުވަތަ ރުޅިއައިސްގެން އެކުދިންނަށް ބަދުދުޢާކޮށް، ގޯސް ބަސްތައް ރައްދުކުރުމަކީ މުޖުތަމަޢުގައި ވަރަށް އާންމުކޮށް ފެންނަ ކަމެއްކަމަށް ފާހަގަކުރެވެއެވެ. މި މައުޟޫއަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވެސް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މުފްތީ މެންކް އިރުޝާދު ދެއްވާ ގޮތުގައި، އަމިއްލަ ދަރިންނަށް ބަދުދުޢާ ކުރުމަކީ މައިންބަފައިންނަށް ކުރެވޭނެ އެންމެ ނުބައި އެއް އަމަލެވެ. ޙާލަތު ކިތަންމެ ގޯސްވި ނަމަވެސް، މައިންބަފައިންގެ ދުލުން އަބަދުވެސް ބޭރުކުރަން ވާނީ ދަރިންނަށް ހެޔޮ ދުޢާއާއި ހިދާޔަތަށް އެދި ކަަމަށެވެ.

ބަދުދުޢާގެ ނުރައްކާތެރިކަން ހާމަކޮށްދޭ އެތައް ހާދިސާއެއް އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ މުޢުތަޒިލާއިންގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ އިމާމް ޒަމަޚްޝަރީގެ ޙަޔާތްޕުޅުގައި ހިނގާދިޔަ ކަމެކެވެ. އެކަލޭގެފާނުގެ އެއް ފައި ބުރިކޮށްލަން ޖެހުނީ، ކުޑައިރު ފެންފޯއް ދޫންޏެއްގެ ފައިގައި ވާގަނޑެއް އައްސައިގެން ކުޅެނިކޮށް، އެ ދޫނީގެ ފައި ބުރިވެގެން ދިޔުމުން މަންމަ ކުރި ބަދުދުޢާއެއްގެ ސަބަބުންނެވެ. އެ މަންޒަރު ފެނި ރުޅިއައިސް މަންމަ ވަނީ، އެ ދޫނީގެ ފައި ބުރިކޮށްލި ފަދައިން ދަރިފުޅުގެ ފައި ވެސް ބުރިވެގެން ދިޔުމަށް އެދި ދުޢާކޮށްފައެވެ. އޭގެ ދުވަސްތަކެއް ފަހުން ޢިލްމު އުނގެނުމަށް ކުރެއްވި ދަތުރުފުޅެއްގައި ސަވާރީން ވެއްޓި ފަޔަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން، ފަރުވާއެއް ނުލިބި އެންމެ ފަހުން ޖެހުނީ އެކަލޭގެފާނުގެ ފައި ބުރިކޮށްލާށެވެ.

މިފަދަ ޢިބުރަތްތެރި ހާދިސާތަކުން ކަށަވަރުކޮށްދެނީ، އަމިއްލަ ދަރިންދެކެ ކިތަންމެ ބޮޑަށް ރުޅިއައި ނަމަވެސް، އެކުދިންނަށް ނިކަމެތިކަމާއި ހަލާއްކަށް އެދި ބަދުދުޢާ ކުރުމުގެ ނުބައިކަމެވެ. ބަދުބަސް ބުނުމުގެ ބަދަލުގައި، ކެތްތެރިކަން އިސްކޮށް ހެޔޮ ދުޢާ ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450