ކުޅިވަރު

އެފްއޭއެމްގެ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އެފްއޭއެމްގެ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ އަހަރު އޮތް ގޯލްޑް ކަޕް މުބާރާތުގައި އޭދަފުށި ޓީމުގެ ފާސިރު ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ސެޕްޓެމްބަރު 2025، 07:55

08 ސެޕްޓެމްބަރު 2025، 07:55

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ދިވެހި ފުޓުބޯޅައިގެ ނިޒާމު ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، އަތޮޅުތަކުގައި ފެށުމަށް ހަމަޖެހިފައިވާ "އެޓޯލް ޗެމްޕިއަންޝިޕް"ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް އަލުންހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އެފްއޭއެމްއިން ކުރި އިޢުލާނެއްގައި ބުނީ، ކުރިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ކަމަށްވުމުން، ބައެއް ރަށްރަށުގެ ރަށު ކައުންސިލުން މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއްވެސް އެންޑޯޒްކުރަން ބޭނުންނުވާ ކައުންސިލްތައް ހުރި ކަމަށެވެ. އެހެންކަމުން އެ ރަށްރަށުގެ ކްލަބްތަކަށް ބައިވެރިވެވޭނެ ގޮތަކަށް އުސޫލުތައް ހަދައިދިނުމަށް އެ ކްލަބުތަކުން އެދޭ ކަމުގައި އެފްއޭއެމްއިން ހާމަކުރެއެވެ. 

އެގޮތުން، އެކަން ބަދަލުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 11 ސެޕްޓެމްބަރ 2025ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ.

"އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު އީމެއިލް ކުރަން ޖެހެނީ [email protected]  އަށެވެ.

މި މުބާރާތުގައި ރަށްތަކުން ކުލަބުތައް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބެއްވެސް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެންމެ އިސްކަންދެނީ މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކަށެވެ. ދެވަނައަށް، މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބަށް އިސްކަންދޭއިރު، ދެން ބަލާނީ މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބެއް ތޯއެވެ. އަދި މިހެން ހުށަހަޅާއިރު އެއް ކްލަބަކަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެ ރަށަކުން ވާދަކުރާނެ ޓީމެއް ކަނޑައަޅާނީ ގުރުނަގައިގެންކަމަށް އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ.

އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުގައެވެ.

އެޓޯލް ޗެމްޕިއަންޝިޕްގައި ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގުގެ ޗެމްޕިއަންޓީމާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް ހަ ޓީމު ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ. މި ކޮލިފިކޭޝަނުގެ ގަދަ 4 ޓީމު 2026/2027 ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން