Ads by Stelco

ޚަބަރު

އައްޑޫ މަރަދޫފޭދުއަށް ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް!

އައްޑޫ މަރަދޫފޭދުއަށް ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް!

އައްޑޫ މަރަދޫފޭދުއަށް މިއަދު ހެނދުނު އެރި ނަގޫރޯޅީގައި ފުރާޅެއް އެއްލާލާފައި. ފޮޓޯ: ފޭސްބުކް/މުޙައްމަދު އިމްތިޔާޒް

farudhun logo

ފަރުދުން

08 ސެޕްޓެމްބަރު 2025، 10:39

08 ސެޕްޓެމްބަރު 2025، 10:39

އައްޑޫ މަރަދޫފޭދުއަށް މިއަދު ހެނދުނު އެރި ނަގޫރޯޅިއެއްގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫފޭދޫ ތަމްޘީލުކުރައްވާ ޚާލިދާ މުޙައްމަދު ވިދާޅުވީ، ނަގޫރޯޅި އެރީ މިއަދު ހެނދުނު 9:00 ހައި އިރު ކަމަށާއި، ނަގޫރޯޅީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޚާލިދާ ހާމަކުރެއްވި ގޮތުގައި، މިކަމުގައި އެރަށަށް ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު މިހާރު ދަނީ ހޯދަމުންނެވެ. ފުރިހަމަ ތަފްޞީލު މިވަޤުތު އެނގެން ނެތް ކަމަށް ޚާލިދާ ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބައްލަވައި ޚާލިދާ ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން ރަށުގެ ހިނަވާގޭގެ ފުރާޅާއި ޢާންމުން ދިރިއުޅޭ ތިން ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި ބައެއް ގޭގޭގެ ވަށާފާރު ވެއްޓިފައިވާ ކަމަށް ވެސް ޚާލިދާ މަޢުލޫމާތު ދެއްވިއެވެ.

މިޙާދިޘާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އެނގިފައެއް ނެތެވެ.

ޚާލިދާ ވިދާޅުވީ މިހާތަނަށް ލިބުނު ގެއްލުންތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ވެސް އަންގާފައިވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން