ޚަބަރު
ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ 2 ވަނަ ފިޔަވަހީގެ 65% ނިންމާލައިފި

ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ ތެރެއިން. ފޮޓޯ: މާލެ ސިޓީ ކައުންސިލް

ފަރުދުން
08 ސެޕްޓެމްބަރު 2025، 11:05
08 ސެޕްޓެމްބަރު 2025، 11:05
ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، 2 ވަނަ ފިހަވަހީގެ 65% މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް، މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. އެގޮތުން، 2 ވަނަ ފިޔަވަހީގެ ކޮންކްރީޓް މަސައްކަތްއް އެއްކޮށް ފުރިހަމަކޮށްފައި ވާ އިރު، މި ޕާރކުގެ މަސައްކަތްތައް އަންނަ އޮކްޓޫބަރ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެކައުންސިލުން މަޢުލޫމާތު ދެއެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ލަފައާއި ޚިޔާލާ އެކުގައެވެ. ޕާރކުގެ މަސައްކަތް ނިމޭ އިރު، ޕާރކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ބެންޑްމިންޓަން ކޯޓަކާއި، ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި، ކުޑަކުދީން ކުޅޭނެ ހުސް ސަރަޙައްދަކާއި، އަދި އައުޓްޑޯ ޖިމެއް ވެސް ޤާއިމުކުރެވިގެން ދާނެއެވެ.
ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާރކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދަކާއި ޢުމުރުން ދުވަސްވީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަޙައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީ އަމާން ހިތްފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށާއި، އެސިޓީ އަކީ ހިތް ހެޔޮ އޯގާތެރި ރައްޔިތުން ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރަމުން އަންނަ މަސައްކަތެކެވެ.