Ads by Stelco

ޚަބަރު

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޗައިނާ ކުންފުންޏަކާ އެކު ފަހުމުނާމާގައި ސޮއިކުރަނީ. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

08 ސެޕްޓެމްބަރު 2025، 11:58

08 ސެޕްޓެމްބަރު 2025، 11:58

ރާއްޖޭގައި އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިފަހުމުނާމާގައި ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދް ޝިޔާމް، މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓް އެވެ. މިއެއްބަސްވުމުގައި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމާ ގުޅޭ ދިރާސާތައް ކުރިއަށް ގެންދިޔުމާއި، ރާއްޖެއަށް މިދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމެވެ. އަދި ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް ވެސް ގުޅިގެން މަސައްކަތްތައް ކުރެވޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ފަހުމުނާމާއަކީ ތިމާވެށި ރައްކާތެރިކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މިއީ އިތުރު ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ވާ ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުނެވެ. އޭގެތެރެއިން މިޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން