Ads by Stelco

ޚަބަރު

ވިއްސާރައިގަ އައްޑޫ ސިޓީއަށް ލިބުނު ގެއްލުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ވިއްސާރައިގަ އައްޑޫ ސިޓީއަށް ލިބުނު ގެއްލުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ވިއްސާރައިގަ އައްޑޫ ސިޓީއަށް ލިބުނު ބައެއް ގެއްލުން ފޮޓޯ:އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 01:04

08 ސެޕްޓެމްބަރު 2025، 01:04

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ 6 ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ އެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫފޭދޫގެ 6 ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވެއެވެ.  ރަށުގެ ހިނަވާގޭގެ ފުރާޅާއި ޢާންމުން ދިރިއުޅޭ ބައެއްގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި ބައެއް ގޭގޭގެ ވަށާފާރު ވެއްޓިފައިވާ ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

ފުރާޅު އެއްލާލުމާ ގުޅިގެން މަގުމަތީގައި ހުރި ފުރާޅުތައް އެއްފަރާތްކޮށް، ގޭގޭގެ ފުރާޅު ހެދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން