Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ޝީޓްޕައިލް މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ޝީޓްޕައިލް މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ޝީޓްޕައިލް މަސައްކަތް އެމްޓީސީސީން ނިންމާލައިފި ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 01:16

08 ސެޕްޓެމްބަރު 2025، 01:16

މާލޭގެ މައި މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުގެ އެއްގަމު ތޮށި ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ޝީޓްޕައިލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ 132 މީޓަރުގެ ސަރަޙައްދެއްގައެވެ.

އެމްޓީސީސީން ވިދާޅުވެފައިވާ ގޮތުގައި، ޝީޓްޕައިލް މަސައްކަތް ނިމުމުން ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަޙައްދަށް ވެލި އަޅައި، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތެވެ. މީގެ އިތުރުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭގެ އެންމެ ކާރުބާރުބޮޑު އެއް ސަރަޙައްދަކީ ބޮޑުތަކުރުފާނު މަގެވެ. މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރު ހިމެނޭ މި ސަރަޙައްދުގައި ގިނަ އޮފީސްތަކެއް ހުންނައިރު، މިއީ މާލޭގެ މަލަމަތި ފެންނަ މައި ސަރަޙައްދެއްވެސް މެއެވެ. މި މަގު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ފަށާފައިވާ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ބޭނުމަކީ މަގުގައި ތޮއްޖެހުން ކުޑަކޮށް، މަގު ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ.

މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މަސައްކަތް ނިމޭއިރު، ފެން ހިއްދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއްވެސް ހިމެނޭނެއެވެ.

އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ފަށާފައިވާ ސަރަޙައްދުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިމަޝްރޫޢުގެ ދަށުން މާލެ މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 830 މީޓަރުގެ މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރެއިން 737 މީޓަރުގައި އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން