Ads by Stelco

ޚަބަރު

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި!

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި!

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ޙާދިޘާއެއް ހިނގުމުން، އެމް.އެން.ޑީ.އެފް. އިން އަލިފާން ނިއްވައިލުން. ފޮޓޯ: އެމް.އެން.ޑީ.އެފް.

farudhun logo

ފަރުދުން

08 ސެޕްޓެމްބަރު 2025، 02:22

08 ސެޕްޓެމްބަރު 2025، 02:22

ހ. މެލްބޯން ގޭގެ ދެ ވަނަ ފަންގިފިލާގައި ހުރި އެޕަރޓްމަންޓެއްގެ ބަދިގޭގެ ހުޑެއްގައި ރޯވި އަލިފާން، އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިއްވާލައިފިއެވެ.

އެމް.އެން.ޑީ.އެފް. އިން ހާމަކޮށްފައިވާ ގޮތުގައި، މިޙާދިޘާގެ މަޢުލޫމާތު މިއަދު 11:00 ހާއިރު އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ލިބުމާއެކު، އެސަރވިސް ގެ ފަޔަރފައިޓަރުން އެސަރަޙައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލުމަށް ވަނީ ޙަރަކާތްތެރިވެފައެވެ. 17 ވަަރަކަށް މިނެޓު ތެރޭގައި އަލިފާން ނިއްވާލެވިފައިވާކަމަށް އެމް.އެން.ޑީ.އެފް. އިން މަޢުލޫމާތު ދެއެވެ.

މިޙާދިޘާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ހ. މެލްބޯން ދެ ވަނަ ފަންގިފިލާގައި މިއަދު ހިނގި އަލިފާނުގެ ޙާދިޘާގައި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭ. އިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން