ދުނިޔެ

ޕާކިސްތާނުގެ ޕަންޖާބުގައި ވިއްސާރައިގެ ސަބަބުން ބޮޑުވި ފެންގަނޑު އަދިވެސް ދަނީ ބޮޑުވަމުން

ޕާކިސްތާނުގެ ޕަންޖާބުގައި ވިއްސާރައިގެ ސަބަބުން ބޮޑުވި ފެންގަނޑު އަދިވެސް ދަނީ ބޮޑުވަމުން

ޕާކިސްތާނުގެ ޕަންޖާބުގައި ފެންބޮޑުވެފައިވާ ސަރަހައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2025، 05:07

08 ސެޕްޓެމްބަރު 2025، 05:07

ޕާކިސްތާނުގެ ޕަންޖާބު ސަރަހައްދުގައި ވިއްސާރައިގެ ސަބަބުން ބޮޑުވި ފެންގަނޑު އަދިވެސް ދަނީ ބޮޑުވަމުން ކަމަށް ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ. 

 

ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާއިން މިއަދު ހެނދުނު ބުނެފައިވަނީ، ގަދަފަދަ މޫސުމީ ބަދަލެއް އައިސް ކުރިއަށް އޮތް ދެ ދުވަހު ޕާކިސްތާނުގެ ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މިއަދު ގިނަ ސަރަހައްދުތަކަށް ވަރަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ގުގުރާ، ވިދުމުގެ ފުރުސަތު އޮތްކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ޗެނާބް، ސަޓްލެޖް އަދި ރާވީ ކޯރުތައް އޮހޭ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަލްޓާންގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ކަމާލް ހައިދަރު ބުނެފައިވަނީ މި ހާލަތު ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ.

 "މަލްޓާންއިން 90 ކިލޯމީޓަރު ދުރުގައި އޮންނަ ޖަލާލްޕުރު ޕިރްވާލާގައި ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ތިބީ ފެނުގައި ޖެހިފައި. ބައެއް މީހުން ތިބީ ގޭގެ ފުރާޅުމަތީގައި ރައްކާތެރިކަން ހޯދައިގެން،" ކަމާލް ހައިދަރު ބުނެފައިވެއެވެ.

ސަޓްލެޖް އަދި ޗެނާބް ކޯރުތަކުގެ ދެމެދުގައި އޮންނަ މަލްޓާންގައި މިހާރު ވަނީ ތިން އެމްބޭންކްމަންޓަކުން ފެން އޮހޮރި، އެތައް ރަށެއް ފެނުގެ އަޑިއަށް ގޮސްފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ޖަލާލްޕުރު ޕިރްވާލާ ހިމެނެއެވެ. މި ސަރަހައްދުގައި ގޭގެއާއި، ދަނޑުބިންތަކާއި، ހައްދާފައި ހުރި ގަސްތައް ވަނީ ފެނުގެ ތެރެއަށް ގެއްލިފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާއިން ވަނީ ސަޓްލެޖް ކޯރުގައި ފެންބޮޑުވާނެކަމުގެ އިންޒާރު ޕާކިސްތާނަށް ދީފައެވެ. ނަމަވެސް މި އިންޒާރު ދީފައިވަނީ އިންޑަސް ވޯޓަރ ޓްރީޓީގެ ދަށުން ނޫނެވެ. އެއީ އިންޑިއާއިން އެ އެއްބަސްވުމުން ވަކިވެފައިވާތީއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މޫސުމީ ވާރޭވެހުން އިތުރުވެފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ފާހަގަކުރެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން